ދިވެހިރާއްޖެއިން އިސްރާއިލްގެ އުފެއްދުންތަކާއި އަދި އިތުރުން އިސްރާއީލް ރައްޔިތުން އައުން މަނާ ކޮއްފައިވާ ކަމައް ފެތުހުރިފަިވާ ހަބަރު ތަކަކީ ދޮގު ހަބަރުތަކެއްކަން ޔަގީންވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުޥާ މި ހަބަރުތަކުގައި ބުނާގޮތުން ފަލަސްތީނުގައި އިސްރާއިލްއިން ހިންގާ ގަތުލުއާމުގެ ސަބަބުން ރާއްޖެއިން ވަނީ އެ ޤައުމާއި މެދު ފިޔަވަޅު އަޅާފައެވެ. އަދި ޓިކްޓޮކްގައި ދައުރުވާ ވީޑިއޯތަކެއްގައި ވަނީ ރާއްޖެއަށް ވަރަށް ބޮޑައް ތައުރީފްކޮށް އެހެނިހެން އިސްލާމީ ބައެއް އަރަބި ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ ޖޯޑަން ޔޫއޭއީ ފަދަ ބޮޑެތި އަރަބި ގައުމުތަކަށް ގަނާ ކޮއްފައެެވެ.
އަދި އެކްސްގައި މައިކަލް ހިކެލް ނަމައަކަށް ކިޔާ ފަލަސްތީނުގައި އިސްރާއީލާ ދެކޮޅަށް ވާހަކަ ދައްކަވާ އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ވެސް ވަނީ ރާއްޖެއަށް ރައުރީފްކޮށް ރާއްޖެއަށް އިސްރާއީލްގެ މުދަލާ އެގައުމުގެ ރައްޔިތުން އައުން މަނާކުރި ކަމަށްޓަކާ ޝުކުރާއި ތައުރީފު ކޮށްފައެވެ.
ނަމަވެސް އަދި މިހާތަނަށް ދިވެހި ރާއްޖެއަކުން އެފަދަ ނިންމުމެއްވެސް އަދި ގާނޫނެއް ވެސް ހަދާފައެއް ނުވެއެވެ. ނަމަވެސް ވަރަށް ގިނަ ރައްޔިތުންތަކެއް ދަނީ ހުއްޓުމެއްނެތި އިސްރާއިލް ބޭން ކުރުމަށް ގޮވާލާ ހިނގާލުންއް ބާއްވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ މިމައްސަލަ ގޮސްފައެވެ. ނަމަވެސް އަދި މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައެއްނުވެ އެވެ.


