ކިޔުންތެރިންނަށް ފަސޭހަކޮށް އަދި ވީހާވެސް ގިނަ ކޮންޓެންޓްތައް ފެންނާނެ ގޮތަށް 'ރާއްޖެ24′ ގެ އިނގިރޭސި އެޑިޝަން ސައިޓް އަޕްގްރޭޑްކޮށް ލޯންޗުކުރުމަށް ފަހު، އެފަދަ ތަނަވަސް ބަދަލުތަކާއެކު ދިވެހި އެޑިޝަންގެ ސައިޓްގެ މަސައްކަތް ފަށައިފި އެވެ.
އިނގިރޭސި އެޑިޝަން އަޕްގްރޭޑްކޮށް އާންމުންނަށް ފެންނަ ގޮތަށް ވެބްސައިޓް ޕަބްލިޝްކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
މިއާއެކު ދިވެހި އެޑިޝަންގެ ވެބްސައިޓް ވެސް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަން ޖެހުމުން އެ އެޑިޝަން މެދުވެރިކޮށް ހަބަރާއި ކޮންޓެންޓްތައް ގެނެސްދިނުން މެދުކަނޑާލަން ޖެހިފައިވާ ވާހަކަ ކިޔުންތެރިންނަށް ދަންނަވަމެވެ.
ވެބްސައިޓް އަޕްގްރޭޑްކޮށް ރީޑިވެލޮޕްމަންޓްގެ މަސައްކަތް ކުރަމުން ދަނީ 'ރާއްޖެ24′ ގެ ޕޭރެންޓް ކުންފުނި ފަސްޓް ލީޑް މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ އިންޓަސްމާޓް ޓެކްނޮލޮޖީސް ކުންފުނިންނެވެ.
އިންޓަސްމާޓް ޓެކްނޮލޮޖީސް ކުންފުނި ގުޅިފައިވަނީ ވެސް ބައިނަލްއަގުވާމީ އިންޓަސްމާޓް ކުންފުންޏާ އެކުގަ އެވެ. އިންޑިއާ، ޔޫއޭއީ، އަދި ޖަރުމަނު ފަދަ ގައުމުތަކުގައި މަސައްކަތްކުރާ އެ ކުންފުންޏާއެކު ފަހުމުނާމާއެއްގައި ސޮއިކުރީ މި އަހަރު ކުރީކޮޅެވެ.

ކިޔުންތެރިންނަށް މި ނޫހުގެ އިނގިރޭސި އެޑިޝަން ދޫކޮށްލި ނަމަވެސް އިނގިރޭސި އެޑިޝަން ރަސްމީކޮށް ލޯންޗު ކުރުމުގެ ރަސްމިއްޔާތު އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
އިނގިރޭސި އެޑިޝަން މެދުވެރިކޮށް 'ރާއްޖެ 24′ ގެ ޓީމުން ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާއާއި ސްރީލަންކާގެ ހަބަރުތައް ވެސް ތާޒާކަން މަތީ ގެނެސްދިނުމަށް ދާނީ މަސައކަތްކުރަމުންނެވެ. މީގެ އިތުރުން މަލްޓިމީޑިއާ ޝޯޓް ވީޑިއޯ ކޮންޓެންޓްތަކާއި، ފެކްޓް ޗެކް އަދި އެންމެ ފަހުގެ މުހިންމު ސުރުހީތައް ފެންނަ ބާ ފަދަ ޒަމާނީ ބަދަލުތައް އެ ސައިޓުން ފެންނާނެ އެވެ.


