ވޯލްޑް އިކޮނޮމިކް ފޯރަމްގެ އެގްޒެކެޓިވް ޗެއާމަން ކްލައުސް ޝްވާބް ދާދި ފަހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައެވެ. ހަމައެއާއެކު ބައެއް މީޑިއާތަކުން ވަނީ އޭނާ އަވަހާރަވިކަމަށް ރިޕޯޓުކޮށްފައެވެ.
އެހެންނަމަވެސް މިއީ ދޮގު ހަބަރެއްކަން ބައިނަލްއަޤްވާމީ ނޫހެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސްގެ އެސެސްމެންޓަކުން ކަށަވަރުވެފައިވާކަމަށް އެ ނޫހުންވަނީ ބުނެފައެވެ. މި ތުހުމަތުތައް ކުރާ ޕޯސްޓްތައް ފުޅާ ދާއިރާއެއްގައި ފެތުރެން "މަލާމާތާއި ކޮމެޑިކް އޮޕީނިއަން ޕީސް ތަކާއި އެޑިޓޯރިއަލްތައް" ޝާއިއުކުރާ ވެބްސައިޓަކުން ޝްވާބް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަމަށް ބެލެވޭ ކްލައުސް ޝްވާބް އާއި ބެހޭ ގޮތުން ލިޔުމެއް ޝާއިއު ކުރުމާ ގުޅިގެންނެވެ.
އެސޯސިއޭޓެޑް ޕްރެސްއިން ވަނީ ޑަބްލިއުއީއެފްގެ ތަރުޖަމާނަކު އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފއިވާކަމަށް ބުނެފައެވެ.
އަދި ސޯޝަލް މީޑިއާގައި ޝްވާބްގެ ހާލުކޮޅާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
"ބްރޭކިން: ކްލައުސް ޝްވާބް ހޮސްޕިޓަލުގައި އެޑްމިޓްކުރީ ވަރަށް ބޮޑަށް ބަލިވެގެން،" ހޯމަ ދުވަހާ ހަމައަށް ގާތްގަނޑަކަށް 25،000 ލައިކްސް އަދި 8،800 ހިއްސާ ލިބިފައިވާ އެކްސް ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
އެހެން ޕޯސްޓުތަކުން އެއް ފިޔަވަޅެއް ކުރިއަށް ޖެހި، ޝްވާބް "މަރުވެދާނެ" ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ޑަބްލިއުއީއެފްގެ ބާނީ އަކީ މަރުގެ ބައްޔެއް ތަހައްމަލްކުރަމުންދާ ނުވަތަ އެއަށްވުރެ ހާލަތު ގޯސް ބޭފުޅެއް ނޫން ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު ޔާން ޒޮފް ވިދާޅުވި އެވެ.
"މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް،" އޭނާ އާއި ހަވާލާދީ އޭޕީއިން ބުނެފައިވެއެވެ.


