Tuesday, 28 July 2026

ފެކްޓް ޗެކް: އޭސީސީގެ ލިސްޓެއްކަމަށް ބުނެ ދައުރު ކުރަނީ ފޭކު ލިސްޓެއް

ގެދޮރުވެރިޔާގެ ދަށުން ފްލެޓް ދީފައިވާ މީހުންގެ ތެރެއިން އެންޓިކޮރަޕްޝަން ކޮމިޝަންއިން ބަލަމުންދާ މައްސަލއިގެ ޝަރުތު ހަމަނުވާތީ އޭސީސީއިން ފްލެޓް އަތުލުމަށް ކަޑައަޅާފައިވާ ލިސްޓެއް ކަމަށް ބުނެ ދައުރު ކުރާ ލިސްޓަކީ ހަގީގަތާ ހިލާފު އަދި އެކޮމިޝަންގެ ލިސްޓެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

އޭސީސީއިން ނެރެފައިވާ ލިސްޓެއްކަމަށް ބުނެ ލޯޝަލް މީޑިޔާގައި ދައުރު ކުރަމުންދަނީ އެކޮމިޝަނުގެ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ބެލި ބެލުމުން އެގިފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމައް އެސީސީ އިން ނެރުނު ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި އޭސީސީއިން ވަނީ އެކޮމިޝަން އޮންނާނީ އަބަދުވެސް ރައްޔިތުންނަށް އިހުލާސްތެރި ރައްޔިތުންގެ ހައްގުތަށް ގެއްލޭ ކޮންމެ ހާލެއްގައި އެ ހައްގު ހޯދައިދިނުމުގައި ކަމަށާއި، އޭސީސީގެ އެންމެ އިސް މަސްލަހަތަކީ ޤާނޫނު ނަގަހައްޓާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވިދާޅުވެފައެވެ.

ޝޯޝަލް މީޑިއާގައި މިހާރު ދައުރުވާ ލިސްޓުގައި ބުނަނީ އެއީ އޭސީސީގެ ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ޝަރުތު ފުރިހަމަ ނުވި ނަމަވެސް ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ މީހުން ލިސްޓު ކަމަށެވެ. އެ ލިސްޓުގައި 5،000 އެއްހާ މީހުން ނަން އޮތެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ ހައްގުވެރިން ސަރުކާރު ނިމެން ދެ ދުވަހަކަށް ވެފައިވަނިކޮށް އިއުލާނުކުރުމުން އޭސީސީއިން ވަނީ ފްލެޓްދިނުން މިދިޔަ އަހަރު ފަހުކޮޅު ހުއްޓުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *