Tuesday, 28 July 2026

ފެކްޓް ޗެކް: ރަސްގެފާނު ޗާލްސް އަވަހާރަވިކަމަށް ބުނެ ފެތުރެނީ ދޮގު ހަބަރެއް

މާޗް 18 ގެ ފޭސްބުކް ޕޯސްޓެއްގައިފެންނަނީ ރަސްގެފާނު ޗާލްސް ތިން ވަނަގެ ފޮޓޯއެކެވެ. ފޮޓޯގެ ކެޕްޝަންގައި ވަނީ "ރިޕޯޓްތައް ބުނާގޮތުން ރަސްގެފާނު ޗާލްސް ދެވަނަ އުމުރުފުޅުން 75 އަހަރުގައި ކެންސަރު ބަލީގައި އަވަހާރަވެއްޖެ ކަމަށާއި، ބަކިންހަމް ޕެލަސްގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި ކަމަށެވެ".

އަހަރެމެންގެ ރޭޓިން: ދޮގެއް

މިހާތަނަށް ބެލިބެލުމުން ރަސްގެފާނު ޗާލްސް އަވަހާރަވެފައެއް ނުވެއެވެ. ރަސްގެފާނު އަވަހާރަވި ކަމަށް ބުނެ ކުރި ޕޯސްޓު ޝެއާ ކުރި ފަހުން، ރަސްގެފާނު ވަނީ އާންމުންގެ ކުރިމައްޗަށްވެސް ވަޑައިގެންފަ އެވެ. އަދި ބަކިންހަމް ޕެލަސް އާއި އިނގިރޭސި އެމްބަސީން ވެސް ވަނީ މި ހަބަރު ދޮގުކޮށްފަ އެވެ.

ރަސްގެފާނު ޗާލްސް ވިންޑްސަރ ކާސަލް އިން ނުކުމެވަޑައިގަންނަވާ ފޮޓޯއެއް

ފެބްރުއަރީ މަހުން ފެށިގެން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ޗާލްސް އަދި ދުނިޔޭގައި އެބަ ހުންނެވިއެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ވިންޑްސާ ކާސަލްއިން ލަންޑަންގެ ޝާހީ ގެއެއް ކަމަށްވާ ކްލެރެންސް ހައުސްއަށް ރަސްގެފާނު ދަތުރު ކުރައްވާތަން ވެސް ފެނިފައެވެ.

އެ ދުވަހުގެ ފަހުން ބަކިންހަމް ޕެލަސްގެ ތެރޭގައި ކޮރެއާ ހަނގުރާމައިގައި ބައިވެރިވި މީހުންނާ ސަލާމް ކުރަމުން ދަނިކޮށް ޗާލްސް ފޮޓޯ ނަގާފައިވާ ކަމަށް އިންޑިޕެންޑެންޓް ނޫހުން ވަނީ ބުނެފައެވެ.

މިކަން ހިގާފައިވަނީ ރަސްގެފާނު އަވަހާރަވި ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓުގެ އެއް ދުވަސް ފަހުންނެވެ.

ރަސްގެފާނު އަވަހާރަވި ކަމުގެ އަޑު ރަޝިޔާގެ މީޑިއާއަކުން ފެށުނުއިރު އޭގެކުރިން މެސެޖިން އެޕްލިކޭޝަން ޓެލެގްރާމްގައި ފެތުރުނު ކަމަށް ދަ ގާޑިއަން އިން ބުނެއެވެ. ރަސްގެފާނު އަވަހާރަވިކަން އިއުލާނުކޮށް ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނެއް ކަމަށް ބެލެވޭ ކަންކަން ރަޝިއާގެ އައުޓްލެޓުން ވަނީ ހިއްސާކޮށްފަ އެވެ.

ޔޫކްރެއިންގައި ހުންނަ އިނގިރޭސި އެމްބަސީން ވެސް ވަނީ މާޗް މަހުގެ 18 ވަނަ ދުވަހުގެ ކުރު ޕޯސްޓެއްގައި އެ ވާހަކަތައް ދޮގުކޮށް "ރަސްގެފާނު ޗާލްސް ތިން ވަނަ އަވަހާރަވި ކަމުގެ ހަބަރަކީ ދޮގު ހަބަރެއް" ކަމަށް ބުނެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *