Tuesday, 28 July 2026

ފެކްޓް ޗެކް: ވެމްކޯއިން ކޮރަޕްޝަން ހިންގާކަމަށް ބުނެ ދިޔަވަރުން ފަތުރަނީ ދޮގު ހަބަރެއް: ވެމްކޯ

ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ދިޔަވަރު ނަމަކަށް ކިޔާ ނޫހުން ހަދާފައި ވަނީ ހުސް ދޮގު ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ.

ދިޔަވަރުގައި ޝާއިރުކޮއްފައިވާ ހަބަރުގައި ވެމްކޯއިން 54 ގާބޭޖް ޓްރަކް ގަތުމަށް ކަމަށް ބުނެ 50 މިލިޔަން ރުފިޔާގެ ބޮޑު ކޮރަޕްޝަން ހިމެނޭ މުއާމަލާތެއް ކޮއްފައިވާ ކަމަށް ތުހުމަތު ކޮއްފައިވެ އެވެ.

މިކަމަށް ރައްދު ދެއްވާ ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އާޓިކަލްގައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި ދިޔަވަރުން މި އާޓިކަލްއާ ބެހޭ މައުލޫމާތު ހޯދުމަށް ވެމްކޯގެ އެއްވެސް މުވައްޒިފަކާ ސުވާލުކޮއް ވާހަކަ ދައްކާފައި ނުވާކަމަށެވެ.

ވެމްކޯއިން މިޔަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ  އެ ކުންފުނިން ހިންގާ ހުރިހާ މުއާމަލާތްތަކަކީ ދެފުއް ފެއްނަ ގޮތަށް ނިއްމަވާ ނިއްމެވުން ތަކެއް ކަމަށާއި އެ ކުންފުނިން ނިއްމާ ނިއްމުންތަށް ނިއްމަނީ އެ ކުންފުނީގެ ބޯޑާއި ބިޑް ކޮމިޓީގެ ނިއްމެވުންތަކަށް ބިނާކޮއް ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *