ރާއްޖޭގައި މަރުކަޒުވެގެން އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ދުވަހަކުވެސް ނުބުނާ ކަމަށް، ސަރުކާރުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ، ނޫސްވެރިޔާ އަހުމަދު އަޒާން ބުނިނަމަވެސް، މީގެކުރިން އެހެން ބުނެފައިވާކަން އޭނަގެ އެކްސް ޕޯސްޓްތަކުން ހާމަވެއްޖެ އެވެ.
އަޒާން އެހެން ބުނީ، ރޭ ހޮޓެލް ޖެންގައި ‘އާސްކް އަޒާން’ގެ ނަމުގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި މީހަކު އެކަން ސާފުކޮށްދޭން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
"ސިފައިންގެ ވާހަކަ ދޯ. އެއީ ވެސް ވަރަށް ދިގު ވާހަކައެއް. ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގައި އިންޑިއާގެ 2000 ސިފައިން އެބަތިއްބޭ، އަހަރެން ބުންޏޭ، ދުވަހަކު ވެސް އަހަރުން ދެއްކި ވާހަކައެއް ނޫން. ދުވަހަކު ވެސް އެއްވެސް ތަނަކު އަހަރެއް ދެއްކި ވާހަކައެއް ނޫން. ފޭސްބުކްގައި ވިޔަސް، ޓްވިޓާގައި ވެސް، ފަބްލިކް ފޯރަމެއްގައި ވިޔަސް އަހަރެން ދެއްކި ވާހަކައެއް ނޫން،" އައްޑޫ ބަހުން ޖަވާބު ދެމުން އަޒާން ބުންޏެވެ.
އަޒާން އެހެން ބުނި ނަމަވެސް ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އަޒާން ޓުވީޓުކޮށްފައިވެ އެވެ. އެ ޓުވީޓު އޭނާކުރީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ކުރެއްވި ޕޯސްޓަކަށް ރައްދު ދީ ކުރި ޕޯސްޓެއްގައެވެ.

މީގެއިތުރުން އަޒާން ވަނީ ، މިހާރު އެޑިޓުކޮށްފައިވާ ދިޔަރެސް ނޫހުގެ ހަބަރެއްގައި "މުޅި އެކު 2000 އާއި ގާތްކުރާ އަދަދަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އިރު" މިފަދައިން ޖަހާ މެއި 3، 2023 ގައި ޝާއިޢު ކޮށްފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެންމެ ފުރަތަމަ މި ސަރުކާރުން ހާމަކުރީ ނޮވެމްބަރު 19، 2023 ގަ އެވެ. އެ ދުވަހު ރައީސް އޮފީހުން ބުނީ ރާއްޖޭގައި ތިބީ ޖުމްލަ 77 ސިފައިން ކަމަށާއި އެއީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންގެ އިތުރުން އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެ ސިފައިންނެ


