Tuesday, 28 July 2026

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 89،000 ޓަނުގެ ކާގޯ އުފުލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް މިދިޔަ އަހަރު އުފުލި ކާގޯގެ މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ 89,163 ޓަނުގެ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި 66,480 ޓަނުގެ މުދަލާއި، ރާއްޖެއިން ބޭރުކުރި 22,323 ޓަނުގެ މުދާ ހިމެނެއެވެ.

އެއާޕޯޓުގެ ކާގޯ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ޓްރާންޝިޕްމަންޓް މުދަލުގެ ދާއިރާއިންނެވެ. އެގޮތުން 16,372 ޓަނުގެ މުދާ ޓްރާންޝިޕްމަންޓުގެ ގޮތުގައި އުފުލާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ހިމެނެނީ ސީ-ޓު-އެއާ މެދުވެރިކޮށް ބޭރުކުރި 3,192 ޓަނުގެ މުދަލާއި، އެއާ-ޓު-އެއާ މެދުވެރިކޮށް އުފުލި 13,180 ޓަނުގެ މުދަލެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކާގޯ އުފުލާ މަތިންދާބޯޓުތަކުގެ 524 ދަތުރު ވީއައިއޭއަށް ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. ވެލާނާ އެއާޕޯޓުން ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތް ހޯދާ މައިގަނޑު އެއާލައިންތަކުގެ ތެރޭގައި ގަތަރު ކާގޯ، އެފްކޮމް، ފްލައި ވާޔު، އެމްޖެޓްސް، ނޭޝަނަލް އެެއާލައިންސް، އެއާ މާސްޓާ އަދި އެމްއެންޖީ އެއާލައިންސް ހިމެނެއެވެ.

ކާގޯގެ އިތުރުން ފަސިންޖަރުންގެ އަދަދަށް ބަލާއިރުވެސް މިދިޔަ އަހަރަކީ ވެލާނާ އެއާޕޯޓަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އަހަރު ނިމުނުއިރު ޖުމްލަ 8.3 މިލިއަން ފަސިންޖަރުންނަށް އެ އެއާޕޯޓުން ހިދުމަތް ދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *