ރާއްޖޭގެ ދެކުނުގެ ރަށެއްގައި ގްރޫޕް ހަދައިގެން އުމުރުން 22 އަަހަރުގެ ދިވެހި އަންހެނަކު ރޭޕްކޮށް، އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި 9 މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފިއެވެ.
އިއްޔެ ހައްޔަރުކުރި 9 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ޖެހިކަމުގެ މައުލޫމާތު ފުލުހުން ދިންއިރު އެ މީހުންގެ ފޮޓޯއާއެކު ވަނަވަރު އާންމުކޮށްފައިވެއެވެ. ވަނަވަރު އާންމުކުރިއިރު ތުހުމަތުކުރެވޭ މީހުންގެ އެޑްރެސް އާންމުކޮށްފައެއް ނުވެއެވެ. އާންމުކުރީ ނަމާއި އުމުރެވެ.
ހައްޔަރުކުރި މީހުންގެ ނަން، އުމުރު، އަދި ބަންދަށް ޖެހި މުއްދަތު:
- މުޙައްމަދު މައިސަން ޝިޔާޒު، 21 – ބަންދަށް 15 ދުވަސް
-
އަހުމަދު އިފްތިޝާމް ޒަރީރު، 24 – ބަންދަށް 90 ދުވަސް
-
ނަޖުމުﷲ ހަސަން 35 – ބަންދަށް 5 ދުވަސް
-
އާޒިމް މުފީދު، 24 – ބަންދަށް 15 ދުވަސް
-
އަލީ ހުޒާމް ސައީދު، 31 – ބަންދަށް 90 ދުވަސް
-
މުހައްމަދު ސޯލިހު އަހުމަދު، 26 – ބަންދަށް ފަސް ދުވަސް
-
އަހުމަދު ނޫހު ނިޔާޒު، 20 – ބަންދަށް ފަސް ދުވަސް
-
މުހައްމަދު މިޝަލް އަހުމަދު ޒުހައިރު، 20 – ބަންދަށް 5 ދުވަސް
-
އަހުމަދު ސާނިޖު ސޯދިގު، 32 – ބަންދަށް 30 ދުވަސް
މިދިޔަ ހޯމަ ދުވަހު ފުލުހަށް ހުށަހެޅީ 22 އަހަރުގެ އަންހެން މީހާ އެ ގްރޫޕުން ރޭޕްކުރި ކަމަށް ބުނާ މައްސަލައެވެ. ފުލުހުން ބުނި ގޮތުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވުނީ ފުލުހަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ.
ކުށުގެ ޝިކާރާގައި އަނިޔާ ލިބުނީ ކިތައް ކުދިންނަށް ކަމެއް އަދި މުޅިން ސާފެއް ނުވެ އެވެ. ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.


