Tuesday, 28 July 2026

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް 2026 ގައި ބޮޑުކުރަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް 2026 ވަނަ އަހަރުން ފެށިގެން ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިކަން ރައީސް އިއުލާނު ކުރެއްވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ އިއުލާނާ އެއްގޮތަށް، 2026 ވަނަ އަހަރުގެ ފެބްރުއަރީ 1 އިން ފެށިގެން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1,400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1,500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1,500 ޑޮލަރުން 2,000 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.

މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ގެ ފުރަތަމަ ކުއާޓަރުގައި 1,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1,400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށްވެސް ރައީސް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1,000 ޑޮލަރަށް އިތުރުކުރެވޭނެއެވެ. އަދި އެއާލައިން ޓިކެޓާއި ހޮޓާ ބުކިންގ އަށް ޑެބިޓް ކާޑުން ދެއްކޭނެ އަދަދު 3,000 ޑޮލަރަށް އިތުރުކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *