Tuesday, 28 July 2026

ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނަކަށް އިންޑިގޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނަކަށް އިންޑިގޯ ވެއްޖެއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހެވެ.

މި ރަސްމިއްޔާތުގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ހަދިޔާ ދިނެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އިންޑިގޯގެ ފުރަތަމަ މަތިންދާބޯޓު، 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 229 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔުނެވެ.

އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އަދި އިންޑިއާގެ އެންމެ ބޮޑު އެއާލައިންކަމަށްވާ އިންޑިގޯއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައެވެ. އިންޑިގޯއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އަށްވަނަ އެއާލައިންއެވެ.

ޓާމިނަލް 1 އިން މިހާރު ހިދުމަތްދެމުންދަނީ މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް އަދި އިންޑިގޯއެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *