2017 ވަނަ އަހަރު އުފެދުނު ފޮކްސް މޯލްޑިވްސްއަކީ ރާއްޖޭގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ އަދި ކޭބަލިންގ ދާއިރާގައި ޚިދުމަތްދޭ ކުންފުންޏެކެވެ. މި ކުންފުނިން ފޯރުކޮށްދެނީ އިތުބާރުހުރި، ފެންވަރު ރަނގަޅު ޚިދުމަތްތަކެކެވެ.
ފޮކްސް މޯލްޑިވްސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ނެޓްވޯކް އިންފްރާސްޓްރަކްޗަރ އަދި ކޭބަލިންގގެ އިތުރުން، ސެކިއުރިޓީ ސިސްޓަމްތައް، އައިޕީޓީވީ އަދި ޓެކްނޮލޮޖީއާ ގުޅޭ ޚާއްސަ ހައްލުތައް ހިމެނެއެވެ. މިހާރު އިތުރަށް ފުޅާކޮށް، ސީސީޓީވީ ކެމެރާ ސިސްޓަމްތައް ވިއްކުމާއި އިންސްޓޯލްކުރުމުގެ ޚިދުމަތްވެސް ފަށާފައިވެއެވެ.


ފޮކްސް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި:
- އއ. ހިމަންދޫ، އއ. މާޅޮސް، ކ. ވިލިމާލެ، އއ. ދިގުރަށް، ރ. ކިނޮޅަހުގެ ޖީޕޮން ނެޓްވޯކް
- ބ. ފުޅަދޫ ކޮއެކްސިއަލް ނެޓްވޯކް
- ކ. ދިއްފުށި، ކ. ތުލުސްދޫ، ގއ. ދެއްވަދޫ، ގދ. މަޑަވެލި، ގދ. ހޯޑެއްދޫގެ ޖީޕޮން ނެޓްވޯކް
- ޑަބްލިއު މޯލްޑިވްސްގެ އެނަލޮގް ނެޓްވޯކް އަޕްގްރޭޑިންގ ފާހަގަކޮށްލެވެއެވެ.
ފޮކްސް މޯލްޑިވްސްއިން މިހާރު ވަނީ ތަފާތު ފެންވަރުގެ ސީސީޓީވީ ކިޓްތައް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި 2އެމްޕީ އިން ފެށިގެން 8އެމްޕީ އާ ހަމައަށް ހުރި ކެމެރާ ސިސްޓަމްތައް ހިމެނެއެވެ. 4 ޗެނަލްއިން ފެށިގެން 16 ޗެނަލްއާ ހަމައަށް ހުރި ޕީއޯއީ ކިޓްތައް އެކަށީގެންވާ އަގުތަކެއްގައި ލިބެން ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.


ފޮކްސް މޯލްޑިވްސްގެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ ތަޖުރިބާކާރު އަދި އިތުބާރުހުރި ޓީމެއް އޮތުމާއި، ރަނގަޅު ކަސްޓަމަރ ސަރވިސްއެއް ފޯރުކޮށްދިނުމެވެ. އޫރިދޫ އަދި މީޑިއާނެޓް ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ މި ކުންފުނިން، ރިސޯޓުތަކުގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރވެސް ބަލަހައްޓަމުން ގެންދެއެވެ.
ފޮކްސް މޯލްޑިވްސްއަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަވަސް އަދި ފެންވަރު ރަނގަޅު ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ކުންފުނީގެ ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ފޭސްބުކާއި، އިންސްޓަގްރާމް އަދި 4001020 އަށް ގުޅުމުން ލިބޭނެއެވެ.


