Tuesday, 28 July 2026

ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގައި އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް: އެމްއެމްއޭ

މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މެޖޯރިޓީ ހިއްސާ ބީއެމްއެލްއިން ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ ގާނޫނާ އެއްގޮތަށް ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއޭއިން ވަނީ އެ އޮތޯރިޓީގެ އާންމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކަށް ބީއެމްއެލްއިން އަމަލުކޮށްފައިވޭތޯ ބަލާފައެވެ.

ބީއެމްއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމަށްފަހުވެސް އެ ކުންފުނިން ކުރިން ދެމުންދިޔަ އެސްއެމްއީ ލޯނުތައް ހަމަ އެ އިންޓްރެސްޓް ރޭޓުގައި ދެމުން ގެންދާނެއެވެ. އަދި ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް އެމްއައިއެސްއެފްއައި މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ރޭވިފައެވެ. އަދި އެސްޑީއެފްސީގެ ހިންގުމާއި ގަވަރނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކުން ހާމަކުރާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *