Tuesday, 28 July 2026

ދުނިޔޭގެ ލީޑަރުންގެ ތެރެއިން: ނަރެންދްރަ މޯދީ _ އިންޑިޔާގެ ތަރައްޤީގެ ދަތުރުގައި އައު ޞަފްޙާއެއް ލިޔަނީ!

އިންޑިޔާގެ ވަޒީރުލްއަޢުޡަމް ނަރެންދްރަ މޯދީއަކީ މިއަދު ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު ލީޑަރުންގެ ތެރެއިން ލީޑަރެކެވެ. އާދައިގެ "ޗާއި" ވިއްކާ ފިހާރައެއް ހިންގި މީހެއްގެ ދަރިއެއްގެ ގޮތުގައި އުފަން މި ލީޑަރު، މިއަދު ވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ވެރިކަމުގެ ދަފްތަރަށް އަރާފައެވެ. މޯދީގެ ދިރިއުޅުމުގެ ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތައް ފަހަނައަޅައި، އަމިއްލަ ބުރަ މަސައްކަތުން ކުރިއަރައި ދިއުމުން އިންޑިޔާގެ ރައްޔިތުން އަބަދުވެސް އިބްރަތް ހާސިލްކުރެއެވެ.

ނަރެންދްރަ މޯދީ ވަނީ ގުޖުރާތު ސްޓޭޓުގެ ޗީފް މިނިސްޓަރުކަމާއި އިންޑިޔާގެ ބޮޑުވަޒީރުކަމުގައި 25 އަހަރުގެ ތަޖުރިބާ ހޯއްދަވާފައެވެ. މިއީ ދުނިޔޭގެ ވަރަށް މަދު ލީޑަރުންނަށް ލިބިފައިވާ މެދުނުކެނޑުމެއް ނެތް ދިގު ތަޖުރިބާއެކެވެ. މޯނިންގ ކޮންސަލްޓްގެ ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑު ވަޒީރު މޯދީ އަކީ ދުނިޔޭގެ އެންމެ މަޤްބޫލު ލީޑަރެވެ. އެގޮތުން 2024 ވަނަ އަހަރަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އިންކަމްބަންޓް ސަރުކާރުތަކަށް ވަރަށް ދަތި އަހަރެއް ކަމުގައި ވީނަމަވެސް، އެ ބޭފުޅާ ވަނީ ތިންވަނަ ދައުރަކަށް ވެރިކަން ކާމިޔާބު ކުރައްވާފައެވެ. މިއާއެކު ބޮޑު ވަޒީރު މޯދީ ވެގެން ގޮސްފައިވަނީ މިފަދަ ދުނިޔޭގެ މާޙައުލެއްގައި ވެރިކަން ކާމިޔާބުކުރި މަދު ލީޑަރުންގެ ތެރެއިން އެއް ލީޑަރަށެވެ.

ކޮރަޕްޝަނާ ދެކޮޅު ހަރުދަނާ ސިޔާސަތު

2014 ގައި އިންޑިޔާގެ ރައްޔިތުން ކޮރަޕްޝަނުން ނިކަމެތިވެފައި ތިބި ދަނޑިވަޅެއްގައި، ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ އައު އުއްމީދެއްގެ ގޮތުގައެވެ. ގިނަ އަހަރުތަކެއް ވެރިކަމުގައި ހޭދަކުރެއްވި ނަމަވެސް، ބޮޑުވަޒީރު މޯދީ ދެކޮޅުވެރިންވެސް ޤަބޫލުކުރާ ގޮތުގައި އެބޭފުޅާއަކީ ކޮރަޕްޝަނާ އެއްވެސް ގުޅުމެއްނެތް ލީޑަރެކެވެ. އެގޮތުން ބޮޑުވަޒީރު މޯދީގެ މައްޗަށް މިހާތަނަށް އެއްވެސް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިފައެއް ނުވެއެވެ. އަދި އެބޭފުޅާ ގެންދަވަނީ އިންޑިޔާގެ ހުރިހާ ދާއިރާއެއްގައިވެސް ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މީގެ ތެރޭގައި ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް ތަޢާރަފުކުރުމާއި، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން ހިމެނެއެވެ.

ޓެކްނޮލޮޖީ އާއި އިޤްތިޞާދީ ކުރިއެރުން

ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި އިންޑިޔާ ވަނީ ދުނިޔޭގެ 11 ވަނަ އިޤްތިޞާދުން 5 ވަނަ އިޤްތިޞާދަށް ކުރިއަރާފައެވެ. އަދި އެބޭފުޅާގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އިންޑިޔާ ދުނިޔޭގެ 3 ވަނަ އިޤްތިޞާދަށް ގެނައުމެވެ. ހަމައެހެންމެ، 2047 އާ ހަމައަށް އިންޑިޔާ ތަރައްޤީވެފައިވާ އިޤްތިޞާދަކަށް ބަދަލުކުރުމެވެ. ބޮޑުވަޒީރު މޯދީއަކީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑު އިސްކަންދެއްވާ ލީޑަރެކެވެ. އެގޮތުން ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި ސެމިކޮންޑަކްޓަރ އިންޑަސްޓްރީ، ސްޕޭސް ޓެކްނޮލޮޖީ އަދި ސްޓާޓްއަޕްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެމުން ގެންދަވައެވެ. އޭގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް، ޑީޕްޓެކް އަދި ކުއަންޓަމް ކޮމްޕިއުޓިންގ ފަދަ ދާއިރާތަކުން އިންޑިޔާގެ ޒުވާނުންނަށް އައު ފުރުޞަތުތައް ވެސް ދަނީ ހޯއްދަވައިދެއްވަމުންނެވެ.

ބައިނަލްއަޤްވާމީ ގުޅުންތައް

ބޮޑު ވަޒީރު މޯދީގެ ލީޑަރޝިޕްގެ ދަށުން އިންޑިޔާ ވަނީ "ވިޝްވަ ބަންދު" ނުވަތަ އެންމެންގެ ރަޙްމަތްތެރިޔާގެ ގޮތުގައި މަޤާމު ޤާއިމުކޮށްފައެވެ. ޚާއްޞަކޮށް ގަލްފް ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައި އެ ބޭފުޅާގެ ދައުރު ފާހަގަކޮށްލެވެއެވެ. މިހާތަނަށް 24 ޤައުމަކުން ވަނީ އެޤައުމުތަކުގެ އެންމެ މަތީ ޝަރަފު ބޮޑު ވަޒީރު މޯދީއަށް އަރުއްވާފައެވެ. އިންޑިޔާގެ ބައިނަލްއަޤްވާމީ ގުޅުންތައް ބައްޓަންކުރުމުގައި ބޮޑު ވަޒީރު މޯދީ ގެންގުޅުއްވަނީ ހުރިހާ ޤައުމުތަކަކާއެކުވެސް އެކުވެރިކަން ބަދަހިކޮށް، އެ ޤައުމުތަކުގެ މެދުގައި ހުރި ފުށުއެރުންތަކުގެ ތެރެއަށް ނުވަދެ، އިންޑިޔާގެ މަޞްލަޙަތު ކުރިއެރުވުމުގެ ސިޔާސަތެވެ. މިގޮތުން ބޮޑު ވަޒީރު މޯދީގެ ވެރިކަމުގައި އިންޑިޔާއަށް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ބާރަކާއި ނުފޫޒެއް ހޯދައިދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *