Tuesday, 28 July 2026

އަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށް

 

މި އަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 100،000 އަށް ވުރެ އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ޖުމްލަ 117،532 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލަކު އެވްރެޖްކޮށް 6،530 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން، އެބަހީ 69.6 އިންސައްތަ މީހުން، ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އޭގެ ފަހުން އެންމެ މަޤްބޫލު ތަންތަނަކީ ގެސްޓްހައުސްތަކެވެ. ފަތުރުވެރިންގެ 25.4 އިންސައްތަ މީހުން ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 15،077 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 12.8 އިންސައްތައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، ޗައިނާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *