Tuesday, 28 July 2026

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.9 މިލިޔަނަށް އަރައިފި

މިއަހަރު މިހާތަނަށް ރާއްޖެ 1.9 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،920،119 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 1،763،710 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 14 ދުވަސްތެރޭ ރާއްޖެއަށް ވަނީ 82،484 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %3.3 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިލާތުންނެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކަކީ:

  • ޗައިނާ – 257،794 ފަތުރުވެރިން (13.4 އިންސައްތަ)
  • ރަޝިއާ – 212،685 ފަތުރުވެރިން (11.1 އިންސައްތަ)
  • އިނގިރޭސިވިލާތް – 168،460 ފަތުރުވެރިން (8.8 އިންސައްތަ)
  • ޖަރުމަނުވިލާތް – 148،402 ފަތުރުވެރިން (7.7 އިންސައްތަ)
  • އިޓަލީ – 129،513 ފަތުރުވެރިން (6.3 އިންސައްތަ)

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،892 ފަތުރުވެރިން އާދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *