Tuesday, 28 July 2026

"ފަލަސްތީން ކޯލާ" ލޯންޗްކޮށްފި

ސްވިޑެން-ފަލަސްތީނުގެ އެކްޓިވިސްޓުންތަކެއް ކޮކާކޯލާގެ ބަދަލުގައި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ފަލަސްތީން ކޯލާ" ގެ ނަމުގައި ބުއިމެއް އުފައްދައިފަ އެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއިލާއި ދެކޮޅަށް އުފެއްދި މި ބުއިނތައްް އެމީހުން ވަނީ ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ.

2016 ވަނަ އަހަރު ޣައްޒާގައި ބޮޓްލިން ޕްލާންޓެއް ހުޅުވި ނަމަވެސް ފަލަސްތީނުގެ ބިންތައް ކޮލޮނައިޒް ކުރުމަށް ކޮކާކޯލާއިން "ތާއީދުކުރާ" ކަމަށް މީގެ ކުރިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ހާރެޓްޒް ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒްރޭލުގެ އާބާދީތަކުގައި ވިޔަފާރި ކުރާ 150 ކުންފުނީގެ ލިސްޓަށް ކޮކާކޯލާ ހިމަނައިފަ އެވެ. އަދި 1967 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމައަށް އަރަބި ލީގުން ވަނީ ކޮކާކޯލާ އިން އިސްރާއީލުގައި ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިވާކަމަށް ބުނެ ރަސްމީކޮށް ބޮއިކޮޓް ކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ކޮކާކޯލާ އާއި އިޒްރޭލަށް ތާއީދުކުރާ އުފެއްދުންތައް އެ ގައުމުގެ ރެސްޓޯރެންޓްތަކާއި ކެފެޓީރިއާ އަދި ޓީ ހައުސްތަކުން އުނިކޮށްފަ އެވެ.

އަދި މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކޮކާކޯލާ ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ތުރުކިޔޭގައި 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޮއިކޮޓް ކޯލްތަކާ އެކު ކޮކާކޯލާ ވިއްކާ މިންވަރު ވަނީ 22 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *