Saturday, 17 October 2026

އިންޑިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ އުއްތަރަކަންދު ސްޓޭޓަށް ރޭ ރިކްޓާ މިންގަނޑުން 4.9 ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ވެރިރަށް ދިއްލީ ހިމެނޭ ސަރަހައްދަށާއި އުތުރުގެ އެހެން ސަރަހައްދުތަކަށް އޭގެ ލޮޅުންތައް އަރައިފިއެވެ.

މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ރޭގަނޑު 10:23 ހާއިރު އުއްތަރަކަންދުގެ ޗަމޯލީ އަވަށަށެވެ. ނޭޝަނަލް ސެންޓަރ ފޮރ ސީސްމޮލޮޖީން ބުނި ގޮތުގައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 13 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ ލޮޅުންތައް އުއްތަރަކަންދުގެ އެކި ޑިސްޓްރިކްޓްތަކުގެ އިތުރުން ދިއްލީ، ނޮއިޑާ، ގުރްގްރާމް، އަދި ހަރިޔާނާ، ޕަންޖާބު އަދި ހިމާޗަލް ޕްރަދޭޝްގެ ބައެއް ސަރަހައްދުތަކަށް ވަނީ އިހުސާސްކުރެވިފައެވެ. ބިންހެލުމުގެ ލޮޅުން އިހުސާސްވުމާއެކު، ބައެއް ސަރަހައްދުތަކުގެ މީހުން ވަނީ ގެތަކުން ބޭރަށް ނުކުމެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމުގެ ނުވަތަ ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނޭޝަނަލް ސެންޓަރ ފޮރ ސީސްމޮލޮޖީން އަންނަނީ ބިންހެލުމުގެ ހަރަކާތްތައް މޮނިޓަރ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *