Friday, 11 September 2026

ރާއްޖެއަށް ޓޫރިސްޓުން އައި މިންވަރު 1 ޕަސެންޓު ދަށަށް

މިއަހަރުހެ މޭމަހު ރާއްޖެއައި ފަތުރުވރިންގެ އަދަދު މިދިޔަ އަހަރު މޭ މާހުއައި ފަތުރުވެރުންވެެރިންގެ އަދަދަށްވުރެ އެއް ޕަސެންޓު ދައްވެއްޖެ އެވެ.

މިޔަދު ޓޫރިޒަމް މިނިސްޓްރީން އާމުކުރި ތަފާސް ހިސާބުގައި ވާގޮތުން  މިދިޔަ އަހަރުގެ މޭ މަހު 120،000 ފަތުރުވެރިން އައިސްފައިވާއިރު މި އަހަރުގެ މޭ މަހުގައި އައިސްފައިވަނީ 119،000 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރަށްވުރެ 1000 ފަތުރުވެރިން މަދު އަދަދެކެވެ.

މިދިޔަ މެއި މަހު ރާއްޖެ އަށް އައިސްފައި ވަނީ އޭގެ ކުރީ މަހަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް ދަށް އަދަދެކެވެ. އެއީ ގާތްގަނޑަކަށް 50،000 ޓޫރިސްޓުން ދަށް އަދަދެކެވެ. މިދިޔަ އޭޕްރީލް މަހު ރާއްޖެ އަށް ވަނީ 168،000 ޓޫރިސްޓުން އައިސްފަ އެވެ.

މި ހިގާ ޖޫންމަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 3،700 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރަށްވުރެ %7 ދައް އަދަދެކެވެ. ކޮއްމެ އަހަރެއްގައިވެސް ޖޫން ޖުލައިގައި ރާއްޖެ އައްނަ ފަތުރުވެރިން މަދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *