ފާއިތުވެ ދިޔަ ދެ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާހިސާބަށް ޓޫރިސްޓުން ރާއްޖެ އައި ނިސްބަތްް ބޮޑު ތަނުން އިތުރު ވެއްޖެ އެވެ.
އިއްޔެ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ނެރެފައިވާ ޑެއިލީ އަޕްޑޭޓްގައިވާ ގޮތުން 2022 ވައަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީގައި ރާއްޖެ އައިސްފައިވަނީ ޖެނުއަރީގައި 131،765 އަދި ފެބުރުވަރީގައި 149،011 ފަތުުރުވެރިން ކަމަށެވެ.
އޭގެން ދައްކާގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީގައި އައިސްފައިވަނީ 172،499 ކަމަށާ އެއަހަރުގެ ފެބުރުވަރީގައި އައިސްފައިވަނީ 177،915 ފަތުރުވެރިން ކަމަށެވެ.
މިއަހަރުގެ މިހާހިސާބަށް ޖެނުއަރީ 2024 ގައި 192،385 އަދި ފެބުރުއަރީގައި 217،392 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.
މިއީ ފާއިތުވި ދެ އަހަރާ ބަލާއިރު އެއީ ވަަރަށް ބޮޑު ކުރިއެރުމެކެވެ.
މި އަހަރުގެ މިހާ ހިސާބަށް އެށްމެ ގިނަ ފަތުރުވެރިން އައިސް ފައިވާ ޓޮޕް 5 އަކީ 1 ޗައިނާ 2 ރަޝިއާ 3 އިޓަލީ 4 އިގިރޭސި ވިލާތް އަދި 5 ޖަރުނަމެވެ.
މިއީ ސަރުކާރުން 1 މިލިއަން ޓޫރިސްޓުން ގެންނަށް ވެފައިވާ ވައުދާ ކައިރިއަށް އެޅި ވަރައް މުހިންމު ފިޔަވަޅެކެވެ.


