Tuesday, 28 July 2026

މާކެޓާސް ސަމިޓް 2024: ގްލޯބަލް މާކެޓިން ވިޝަނަރީންނަށް ރާއްޖެއިން މަރުހަބާ ކިޔަން ތައްޔާރުވެއްޖެ!

މިމަހުގެ 23 އާއި 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާކެޓަރސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ޢިއްޒަތްތެރި ލީޑަރުން މިއަދު ރާއްޖެ ވަޑައިގަންނަވަން ފައްޓަވާނެކަމަށް ޓީއެމްސްގެ އިވެންޓް މެނޭޖެމަންޓް ޓީމުން ބުނެފި އެވެ.

ޔޫރަޕް، ޔޫއޭއީ، ސްރީލަންކާ އަދި ބަންގްލަދޭޝްއިން ދަތުރުކުރައްވާ އިއްޒަތްތެރި ސްޕީކަރުންނާއެކު، މިއަހަރުގެ ސަމިޓަކީ ރާއްޖޭގެ މާކެޓިން ދާއިރާގައި އިނޮވޭޝަނާއި ޓްރާންސްފޯމޭޓިވް ޚިޔާލުތައް އުފެއްދުމަށް ތައްޔާރުވެފައިވާ ސަމިޓެކެވެ.

މި ސަމިޓް ބާއްވަން ހަމަޖެހިފައވާ އެމްއެންޔޫ ސީއޭ އޮޑިޓޯރިއަމްމިހާރު ވަނީ 300 އަށްވުރެ ގިނަ ބައިވެރިންނަށް ބައިވެރިވެ، ތަޖުރިބާ ކޮށްލެވޭގޮތަށް ފަރުމާކޮށްފަ އެވެ.

މާކެޓާސް ސަމިޓްގެ ދެވަނަ އެޑިޝަން ބާއްވާ ޤައުމަކީ ރާއްޖެއަށް ވުމުން، ދުނިޔޭގެ މާކެޓިން ޑައިލޮގް އެންޑް އެކްސްޗޭންޖްގެ ހަބެއްގެ ގޮތުގައި ރާއްޖެ ފާހަގަވެ، ރާއްޖެއަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭނެކަމަށްވެސް ޓީއެމްއެސް އިން ބުނެއެވެ.

އިވެންޓްގެ އެންގޭޖްމަންޓް މެނޭޖަރު އާމިނަތު ސަޖާހަތު ވަހީދު ވަނީ މި ސަމިޓުގެ މުހިންމުކަން ފާހަގަކުރައްވާ އިންޑަސްޓްރީގެ އިސްވެރިންގެ ފަރާތުން ލިބެމުންދާ ރަނގަޅު ތަރުހީބާއި އުއްމީދުގެ ސަބަބުން ވަރަށް ބޮޑަށް އުފާކުރާ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ފަރާތުން ލިބެމުންދާ ބޮޑު އެއްބާރުލުމަކީ، ރާއްޖޭގައި މާކެޓިން އިނޮވޭޝަން އުފެއްދުމުގައި މި ހަރަކާތުގެ މުހިންމު ދައުރެއް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސަޖާހަތު ވަނީ ފާހަގަކުރައްވާފަ އެވެ.

މާކެޓަރސް ސަމިޓް 2024 ގެ ކައުންޓްޑައުން ކައިރިވަމުން އަންނައިރު، ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި މާކެޓިންގގެ މުސްތަޤްބަލް ބައްޓަންކުރާނެގޮތާއި، ސްޓްރެޓެޖީތަކާއި، އިންސައިޓްތަކުގެ ޑައިނަމިކް ކޮންވަރޖަންސްއެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *