Tuesday, 28 July 2026

އިސްލާމިކް ބޭންކުން ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުގެ ޑޮލަރު ލިމިޓް ބޮޑުކޮށްފި

ދިވެހި ރުފިޔާގެ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކަށް ރާއްޖެއިން ބޭރުން މުއާމަލާތް ކުރުމުގެ ލިމިޓް ބޮޑުކުރަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައިފި އެވެ.

މީގެ ކުރިން މަހަކު 100 ޑޮލަރަށް ހިފެހެއްޓި ބޭންކުން މިހާރު ވަނީ އެމްއައިބީގެ އެކައުންޓްތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުން މުއާމަލާތް ކުރުމުގެ ލިމިޓް ވަނީ 250 ޑޮލަރަށް ބޮޑުކޮށްފަ އެވެ.

"އެމްއައިބީ9″ ކްލަބްމެމްބަރޝިޕްގެ ދަށުން އެމްއައިބީއަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ފުރަތަމަ މަހުން ފެށިގެން ތަފާތު އިނާޔަތްތައް ލިބެއެވެ. މި ފައިދާތަކުގެ ތެރޭގައި އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ، "އުޖާލާ ދިރިއުޅުން" ގެ ޕްރޮފިޓް ރޭޓް 15 ޕަސެންޓުން 13 ޕަސެންޓަށް ދަށްކުރުމާއި، ފައިނޭންސިން ފީ އެއް ޕަސެންޓުން 0.5 ޕަސެންޓަށް ދަށްކުރުން ހިމެނެ އެވެ. އަދި ވިސާ އެވްރީޑޭ ކާޑުގެ ކާޑު ރަޖިސްޓްރޭޝަން ފީއިން ލުޔެއް ދިނުން ފަދަ އިމްތިޔާޒުތައް ވެސް މެންބަރުންނަށް ލިބެ އެވެ.

"އެމްއައިބީ9″ ކްލަބްގެ މެމްބަރުންނަށް ޑޮލަރުގެ ލިމިޓް ބޮޑުކުރުމާ ގުޅިގެން ބޭންކުން ވަނީ އެ ބޭންކުގެ އެކައުންޓްތަކަށް މުސާރަ ޖަމާކުރާ އޮފީސްތަކުގައި އައުޓްރީޗް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. "އެމްއައިބީ9″ މެމްބަރޝިޕް ކްލަބާ ބެހޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކޮށްފައިވާއިރު، އެމްއައިބީގެ ބްރާންޗްތަކާއި ސޭލްސް ސެންޓަރުތައް ހިމެނޭ ގޮތަށް ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ވަނީ ރަނގަޅު ފީޑްބެކް ލިބިފަ އެވެ.

އެމްއައިބީން ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި ސައިކަލު ގިވްއަވޭގެ އިތުރުން "އެމްއައިބީ9″ ކްލަބްގެ މެމްބަރުންނަށް ތަފާތު ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފަ އެވެ. ޖޫން މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ނިމުމުން ލަކީޑްރޯ ނަސީބުވެރިއަކަށް ހޮންޑާ އެއާ ބްލޭޑް 160 ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *