Tuesday, 28 July 2026

1600 އެގްޒިބިޓަރުންނާ އެކު މުމްބާއީގައި ބޭއްވި އޯޓީއެމް 2024 ނިންމާލައިފި

1600 އެގްޒިބިޓަރުންނާ އެކުގައި މުމްބާއީގެ ބީކޭސީގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި އޭޝިއާގެ ޕްރިމިއާ ޓްރެވަލް ޝޯ އޯޓީއެމް 2024 ނިންމާލައިފި އެވެ.

ފެބްރުއަރީ 8 އިން 10އަށް ކުރިއަށް ދިޔަ މި ޓްރެވެލް ޝޯގައި 60 އަށްވުރެ ގިނަ ގައުމަކުން 35،000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ވަނީ ބައިވެރިވެފަ އެވެ.

އޯޓީއެމްގެ މިއަހަރުގެ އެޑިޝަންގައި އިންޑިއާގެ މާކެޓަށް އާ ގައުމުތައް ތައާރަފްކޮށް، އިންޑިއާގައި ކުރިން ޕްރޮމޯޓްކުރި މަންޒިލްތަކުން ބޮޑެތި ޕެވިލިއަންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

މި އަހަރުގެ އޯޓީއެމްގައި ރާާއްޖެއިން ވެސް ވަނީ ބައިވެރިވެ، ގިނަ ހަރަކާތްތަކެއް ދައްކާލާފަ އެވެ.

އޭގެ ތެރޭގައި ޓްރެވަލް ޓްރޭޑްގެ މުހިންމު ފަރާތްތަކާއި އެހެނިހެން ޕާޓްނަރުންނާ އެކު ބައްދަލުވުންތަކާއި މީޑިއާ އިންޓަވިއުތަކާއި އެހެނިހެން ހަރަކާތްތައް ހިމެނެ އެވެ. ރާއްޖޭގެ ސްޓޭންޑްގައި ގެސްޓްރޮނޮމިކަލް ތަޖުރިބާތައް ވެސް ހިމަނާފައިވާއިރު، މި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތަކުގެ ސާމްޕަލް ނެގުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *