Tuesday, 28 July 2026

މޯލްޑިވިއަނުން ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަނީ

ޤައުމީ އެއާލައިން މޯލްޑިވިއަނުން ދިގު ދަތުރުތަކަށް ހާއްސަ ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މި ބޯޓު ކުއްޔަށް ގެންނަނީ ޑްރައި ލީޒް އުސޫލުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން އެ ބޯޓު ގެނެސްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު އޮތީ ހުޅުވައިލައިފައެވެ.

މިއީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލްތަކަށް ފްލައިޓުތައް ތައާރަފު ކުރަން ގެންނަ ބޯޓެއް ކަމަށް ވެސް އިއުލާންގައިވެއެވެ.

އިއުލާންގައި ވަނީ ބޮއިން 8-787 މަރުކާގެ ބޯޑެއް ޑްރައި ލީޒްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ހަ އަހަރުގެ މުއްދަތަކަށް ނަގާ ބޯޓް ވާން ޖެހޭނީ އިކޮނޮމީ އާއި ބިޒްނަސް ކްލާސް ހިމެނޭ ގޮތަށް ޖުމްލަ 270 ސީޓްގެ އެއްޗަކަށް ކަމަށްވެސް އިއުލާނުގައިވެއެވެ. އެގޮތުން ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15-20 ދެމެދުގެ ޖާގަ ހުންނަން ޖެހޭނެއެވެ.

އަދި ބިޑަށް ރަޖިސްޓްރީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އިއުލާންގައި ވަނީ ބުނެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *