Tuesday, 28 July 2026

މައިކްރޮސޮފްޓްގެ އަގުވެސް ތިން ޓްރިލިއަނަށް

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓްގެ އަގު ވެސް އަންނަ އަހަރު ތިން ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.

މައިކްރޮސޮފްޓްގެ ތެރެއިން މިހާރު ފަހިވަމުން، ފުޅާވަމުން އަންނަ "މޮނެޓައިޒޭޝަން" އާ އެކީ ކުންފުނީގެ އަގު އަންނަ އަހަރުގެ ކުރީކޮޅު ތިން ޓްރިލިއަން ޑޮލަރަށް އަރާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. މައިކްރޮސޮފްޓުން މިހާރު އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައިއޭ) އާ އެކީ "ޗެޓްޖީޕީޓީ" އަށް ވަރަށް ބޮޑަށް އިންވެސްޓްކުރަމުންނެވެ.

މީގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑު ހެޔޮ ބަދަލު އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށް މައިކްރޮސޮފްޓްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެ ކުންފުނީގެ ދެ ޓްރިލިއަން ޑޮލަރަށް އެރީ 2021 ގެ ޖޫން މަހުގެ ތެރޭގަ އެވެ. މިހާތު މައިކްރޮސޮފްޓްގެ އަގު 2.5 ޓްރިލިއަން ޑޮލަރަށް އަރާ އިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފައިދާ 30 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

މިހާތަނަށް ތިން ޓްރިލިއަން ޑޮލަރަށް އަގު އެރި ކުންފުންޏަކީ އެމެރިކާގެ އެޕަލް ކުންފުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *