Tuesday, 28 July 2026
ފޮޓޯ: ފޮކްސް މޯލްޑިވްސް

ޑިވެލޮޕަރުންނާއި ކޮންޓެކްޓަރުންނަށް ޚާއްސަ: "އިންޓިގްރޭޓެޑް އިންފްރާސްޓްރަކްޗަރ މޮޑެލް" ފޮކްސް މޯލްޑިވްސް އިން ތަޢާރަފުކޮށްފި

އެޑްވަޓޯރިއަލް: 

އައު ގެއަކަށް ބަދަލުވުމަށް ކުރަމުން އައި ދިގު އިންތިޒާރު ނިމިއްޖެއެވެ. އިމާރާތުގެ މަސައްކަތް ނިމި، ކުލަ އާއި ތަށިމުށިޖެހުމުގެ މަސައްކަތް ފުރިހަމަވެ، ތަޅުދަނޑި ހަވާލުކުރަން ވަނީ ތައްޔާރުވެފައެވެ. ނަމަވެސް، ހުރިހާ ކަމެއް ނިމުނު ފަހުން އަނެއްކާވެސް އެ ޖެހުނީ ފާރުތައް ތޮރުފާށެވެ. އިމާރާތުގެ މަސައްކަތް ފުރިހަމަވިޔަސް އަދި އިންޓަނެޓް ކޭބަލްތައް ދަމަންޖެހެއެވެ. ސީސީޓީވީ ކެމެރާތައް ހަރުކުރަންޖެހެއެވެ. އެކްސެސް ސިސްޓަމްތަކަށް ވަޔަރިންގ ބޭނުންވެއެވެ. ސީލިންގްތައް އަލުން ނައްޓައި، އާކޮށް ނިންމާފައިވާ ފާރުތަކުގައި އަތްލައި، މަސައްކަތް ނިމިފައިވާ ކަމަށް ބެލެވުނު ތަނަކަށް އެކި ފަންނީ ޓީމުތައް ވަދެގަނެއެވެ. މުޅި ރާއްޖޭގައި ވެސް، މިއީ ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް ކުރިމަތިވެފައިވާ، މާޔޫސްކުރުވަނިވި ހަގީގަތެކެވެ. ނިމިފައިވާ މަޝްރޫއުތައް، ބޭނުންކުރަން ފަށަން ބަލާއިރު ފުރިހަމަނުވުމުގެ ސަބަބުން، ތަން ހަވާލުކުރުން ލަސްވެ، ފިނިޝިންގގެ ފެންވަރު ދަށްވެ، އަދި "ނިމިފައިވާ" ތަނެއް ފުރިހަމައަށް ބޭނުން ނުކުރެވެނީ ކީއްވެގެންތޯ ކްލައިންޓުން ސުވާލު އުފައްދައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެޓްވޯކް، އިންފާރާސްޓްރަކްޗާރ އަދި ސެކިއުރިޓީ ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ގާތްގަނޑަކަށް ނުވަ އަހަރު ހޭދަކޮށްފައިވާ ފޮކްސް މޯލްޑިވްސްއަށް، މިއީ މީހުން ދިރިއުޅޭ އިމާރާތްތަކާއި، އޮފީސްތަކާއި، މުއައްސަސާތަކާއި ރިސޯޓްތަކުގައި ތަކުރާރުވަމުންދާ މައްސަލައެއްކަން ވަނީ ފާހަގަކުރެވިފައެވެ. 2017 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ކަނެކްޓިވިޓީ، ސަވައިލަންސް އަދި ޒަމާނީ ސްމާޓް ސިސްޓަމްތައް ހިންގުމަށް ބޭނުންވާ ފަންނީ ބިންގާ ފޯރުކޮށްދިނުމުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. މިހާރު އެ ކުންފުނިން މިވަނީ އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ބޮޑަށް ފަރުވާކުޑަކުރެވޭ އެއް މައްސަލަ ހައްލުކުރުމަށް ވަރުގަދަ ފިޔަވަޅެއް އަޅާފައެވެ.

ފޮކްސް މޯލްޑިވްސްއިން މިވަނީ ކޮންމެހެން ބޭނުންވާ ފަންނީ ނިޒާމުތަކަކީ އިމާރާތް ނިމުމުން ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އާ އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗަރ މޮޑެލްއެއް ތައާރަފުކޮށްފައެވެ. އިމާރާތްކޮށް ނިމުމުން މިފަދަ ސިސްޓަމްތައް ހަރުކުރުމުގެ ބަދަލުގައި، އިންޓަނެޓް ކަނެކްޓިވިޓީ، ސީސީޓީވީ ސަވައިލަންސް، ސްމާޓް އެކްސެސް ކޮންޓްރޯލް އަދި ލޯ-ކަރަންޓް އިލެކްޓްރިކަލް އިންފްރާސްޓްރަކްޗަރ ފަދަ ނިޒާމުތައް ސީދާ އިމާރާތްކުރުމުގެ މަރުހަލާގެ ތެރެއަށް ހިމަނާލެވެއެވެ.

އާންމުކޮށް އަމަލުކުރާ ގޮތުން، މި ނިޒާމުތައް އިމާރާތް ހަވާލުކުރުމާ ހަމައަށް ބެހެއްޓުމުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އިތުރު މަސައްކަތްތައް ކުރަންޖެހުމުން މަޝްރޫއުތައް ލަސްވެ، ތޮރުފުމާއި އަލުން ވަޔަރިންގ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވެ، އަދި އެކި ވެންޑަރުންގެ މެދުގައި ކޯޑިނޭޝަން ނެތުމުން މަސައްކަތުގެ ފެންވަރު އެއްވަރެއްގައި ނުހިފެހެއްޓެއެވެ. މީގެ ނަތީޖާއަކީ ނިންމާފައިވާ އިންޓީރިއާ ހަޑިވުމާއި، ބޭރުފުށުން ނިމިފައި ހުރި ނަމަވެސް އޮޕަރޭޝަނަލް ގޮތުން ތައްޔާރުނޫން އިމާރާތެއް ލިބުމެވެ.

ފޮކްސް މޯލްޑިވްސްގެ އުސޫލަކީ އިމާރާތްކުރުމުގެ ތެރޭގައި މި އިންފްރާސްޓްރަކްޗަރ ގާއިމުކޮށް މިކަން ބަދަލުކުރުމެވެ. ފާރުތައް ބަންދުކޮށް ސީލިންގްތައް ނިންމުމުގެ ކުރިން، ކަރަންޓު ހޮޅިތައް އެޅުމާއި، ސްޓްރަކްޗަރޑް ކޭބަލްތައް އެޅުމާއި، ސެކިއުރިޓީ ސިސްޓަމް ޕޮއިންޓްތައް ހަރުކުރުމާއި، އަދި އައި.އެސް.ޕީތަކުގެ މިންގަނޑުތަކާ އެއްގޮތަށް ނެޓްވޯކް އިންފްރާސްޓްރަކްޗަރ ތައްޔާރުކުރެވެއެވެ. ކޮންޓްރޭކްޓަރުން އިމާރާތް ހަވާލުކުރާ މަރުހަލާއަށް ދާއިރު، އިމާރާތް އޮންނާނީ އިތުރު ފަންނީ މަސައްކަތަކަށް މަޑުކުރަން ނުޖެހި، ފެންނަ ފެނުމަށާއި ބޭނުންކުރުމަށްވެސް ފުރިހަމަވެފައެވެ.

މި މޮޑެލްގެ މައިގަނޑު އެއް ފައިދާއަކީ ހުރިހާ ފަންނީ ހިދުމަތްތަކެއް އެއް ފަރާތަކުން ފޯރުކޮށްދިނުމެވެ. ސީސީޓީވީ، ނެޓްވޯކް، އެކްސެސް ކޮންޓްރޯލް އަދި ލޯ-ކަރަންޓް މަސައްކަތްތަކަށް ވަކިވަކި ވެންޑަރުން ބެލެހެއްޓުމުގެ ބަދަލުގައި، ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް މި ހުރިހާ ކަމެއްގައި ފޮކްސް މޯލްޑިވްސްއަށް އިތުބާރު ކުރެވޭނެއެވެ.

މި ކުންފުނިން ފޯރުކޮށްދޭ އިންޓަގްރޭޓެޑް ސޮލިއުޝަންތަކުގެ ތެރޭގައި:

  • ސްޓްރެޓީޖިކް ކެމެރާ ޕްލޭނިންގ
  • ރިމޯޓް މޮނިޓަރިންގ އަދި އިންޓެލިޖެންޓް ޑިޓެކްޝަން ހިމެނޭ ސީސީޓީވީ އަދި ސްމާޓް ސަވައިލަންސް ސިސްޓަމްތައް
  • ސްމާޓް ލޮކް
  • އިންޓަރކޮމް
  • ގޭޓް އޮޓޮމޭޝަން އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ހިމެނޭ ސްމާޓް އެކްސެސް
  • އެންޓްރީ ސިސްޓަމްތަކާއި؛ ހަރުދަނާ ކޮންޑިއުޓް ޕްލޭނިންގ
  • ތަރުތީބުކުރެވިފައިވާ ކޭބަލް ރޫޓިންގ އާއެކު ކޯޑިނޭޓް ކުރެވިފައިވާ އިލެކްޓްރިކަލް އިންފްރާސްޓްރަކްޗަރ
  • ސްޓްރަކްޗަރޑް ކޭބަލިންގ
  • ފައިބަރ ބެކްބޯން ސިސްޓަމްސް
  • ރެކް ސެޓަޕް
  • ޓާމިނޭޝަން އަދި ފުލް ޓެސްޓިންގ ހިމެނޭހެން އައި.އެސް.ޕީ ތަކަށް ތައްޔާރުކުރެވިފައިވާ ނެޓްވޯކް އިންފްރާސްޓްރަކްޗަރ ހިމެނެއެވެ.

މި ސިސްޓަމްތަކަކީ ދިރާގު، އުރީދޫ މޯލްޑިވްސް އަދި މީޑިއާނެޓުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ބިނާކުރެވިފައިވާ ސިސްޓަމްތަކެކެވެ. މީގެ ސަބަބުން، ނިމިފައިވާ މަސައްކަތްތައް އަލުން ކަނޑައި ކޮންނަން ނުޖެހި، ސަރވިސް ޕްރޮވައިޑަރުންނަށް ފަސޭހަކަމާއެކު ކަނެކްޝަންތައް ދޫކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ފޮކްސް މޯލްޑިވްސް

އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗަރ އަށް މި އައި ބަދަލަކީ މާކެޓުގެ އުންމީދުތައް ހަލުވިކަމާއެކު ބަދަލުވަމުންދާ ދަނޑިވަޅެއްގައި އައި ބަދަލެކެވެ. މިއަދުގެ ގަންނަ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތައް އެދެނީ ހަމައެކަނި ފެންނަ ފެނުމަށް ފުރިހަމަވެފައިވާ އިމާރާތަކަށް އެކަންޏެއް ނޫނެވެ. އިތުބާރު ހުރި ވައިފައި، މަސައްކަތްކުރާ ސެކިއުރިޓީ ކެމެރާ، އެކްޓިވް އެކްސެސް ސިސްޓަމްތައް އަދި ވަގުތުން ލިބޭ ކަނެކްޓިވިޓީއަކީ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެހެން ބޭނުންތެރި ކަންކަމަށް ވަނީ ވެފައެވެ. ޑިވެލޮޕަރުންނާއި ކޮންޓްރެކްޓަރުންނަށް މީގެ މާނައަކީ، އިންފްރާސްޓްރަކްޗަރ ތައްޔާރުވެފައި ހުރުމަކީ މިހާރު ހޭންޑްއޯވަރ ކުރާ ދުވެއްޔަށާއި، ކްލައިންޓުންގެ ހިތްހަމަޖެހުމަށާއި، މުދަލުގެ އަގަށާއި، އަދި ޖުމްލަ މަޝްރޫޢުގެ އަބުރަށް ސީދާ އަސަރުކުރާ ކަމެއް ކަމެވެ.

ފޮކްސް މޯލްޑިވްސްއިން ބާރުއަޅަނީ އިމާރާތެއް ހަމައެކަނި ފެންނަ ފެނުމަށް ފުރިހަމަވުމުގެ ބަދަލުގައި، އޭގެ މަސައްކަތްތައްވެސް ފުރިހަމައަށް ހިނގަންޖެހޭނެ ކަމަށެވެ. ޓެކްނިކަލް މަސައްކަތްތައް އިމާރާތްކުރުމުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމުން، ބޭކާރު ލަސްވުންތައް ނައްތާލައި، މަޝްރޫޢުތައް ފުރިހަމައަށް އޮޕަރޭޝަނަލް ހާލަތުގައި ހަވާލުކުރުމަކީ މި ކުންފުނީގެ އަމާޒެވެ.

މި ކުންފުނީގެ ތަޖުރިބާ މިހާރުވެސް ރާއްޖޭގެ ބޮޑެތި ކްލައިންޓުންނާއެކު ކުރެވިފައިވާ މަސައްކަތްތަކުން ފެންނަން އެބަހުއްޓެވެ. މީގެ ތެރޭގައި ޑަބްލިއު މޯލްޑިވްސް، ވަން އެންޑް އޮންލީ ރީތިރަށް، ކުރުމްބާ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް، އެސް.ޓީ.އޯ، މޯލްޑިވްސް ޕޮލިސް ސަރވިސް، އުރީދޫ މޯލްޑިވްސް އަދި މީޑިއާނެޓް ހިމެނެއެވެ. މި ތަޖުރިބާގެ ސަބަބުން ފޮކްސް މޯލްޑިވްސް ވެފައިވަނީ އިތުބާރު ހުރި އަދި މުސްތަޤުބަލަށް ތައްޔާރުކުރެވިފައިވާ އިންފްރާސްޓްރަކްޗަރ ސޮލިއުޝަންތައް ފޯރުކޮށްދޭ އިތުބާރު ހުރި ބައިވެރިއަކަށެވެ.

ސްމާޓް ހޯމްތަކާއި، ކަނެކްޓެޑް މަސައްކަތުގެ މާހައުލުތަކާއި، އަދި ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކަކީ އާންމު މިންގަނޑަކަށް ވަމުންދާއިރު، ފޮކްސް މޯލްޑިވްސްއިން ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް ބާރުއަޅަނީ ޓެކްނިކަލް ސިސްޓަމްތައް ފޯރުކޮށްދޭ ގޮތާމެދު އަލުން ވިސްނުމަށެވެ. އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗަރއަކީ ހަމައެކަނި އެންމެ ފަހު މަރުހަލާގައި އިތުރުކޮށްލާ ކަމެއްގެ ބަދަލުގައި، އެއީ އިމާރާތްކުރުމުގެ މައިގަނޑު ބައެއްގެ ގޮތުގައި މިހާރު ވަނީ ބެލެވެން ފަށާފައެވެ.

އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗަރ ސޮލިއުޝަންތަކަށް އިތުބާރު ހުރި ބައިވެރިއަކު ހޯދަން ބޭނުންވާ ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް، މަޝްރޫޢުތަކުގެ ކޮންސަލްޓޭޝަން އަދި ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ފޮކްސް މޯލްޑިވްސްއާ ގުޅުމަށް ދައުވަތު އަރުވަމެވެ.

ފޮކްސް މޯލްޑިވްސް
📞 9814282
🌐 focsmaldives.com
📱 @focsmaldives

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *