މިއަހަރުގެ ބަރަކާތްތެރި ރަމަޞާން މަހުގެ ފުރަތަމަ ހަފްތާ ނިމުމަކަށް އައިސްފައިވާއިރު، މާލޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އާންމުކޮށް ރަމަޞާން މަހުގެ ކުރީކޮޅު ތަކެތީގެ އަގު އުފުލުނު ނަމަވެސް، މިހާރު ބާޒާރުގައި ތަރުކާރީ އާއި މޭވާގެ އަގުތައް ހުރީ އާންމު މިންވަރެއްގައެވެ.
ބާޒާރުގައި ތަރުކާރީގެ އަގުތައް ހުރިގޮތް
ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކެއްކުމަށް އާންމުކޮށް ބޭނުންކުރާ ފިޔާ ކިލޯއެއް 20 ރުފިޔާ އަށް ލިބެން ހުރިއިރު، އަލުވި ކިލޯއެއްވެސް ހުރީ 20 ރުފިޔާ އަށެވެ. މީގެ އިތުރުން ކެރެޓް ކިލޯއެއް 35 ރުފިޔާއަށް އަދި ކެބެޖް ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރިކަން ފާހަގަކުރެވެއެވެ. މިރުސް ބާޒާރުގައި ވިއްކަމުންދަނީ 100 ގްރާމް 10 ރުފިޔާގެ މަގުންނެވެ.
މޭވާގެ ބާވަތްތަކާއި ކަރާގެ އަގު
ރޯދަވީއްލުމަށް އެންމެ ގިނައިން ބޭނުންކުރާ ކަރާގެ އަގުތައް ހުރީ ކިލޯއެއް 20 ރުފިޔާ އާއި 22 ރުފިޔާއާ ދެމެދުގައެވެ. މޭވާގެ ބާވަތްތަކަށް ބަލާއިރު، ލުނބޯ ކިލޯއެއް 75 ރުފިޔާއަށް ހުރިއިރު، ފަޅޯ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ. އަދި އާންމުކޮށް ބޭނުންކުރާ އޮރެންޖު ބާޒާރުގައި ލިބެން ހުރީ އޮރެންޖެއް 12 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން އަލަނާސި ވަކިން ގަންނަނަމަ ގަނޑެއްއެއް ލިބެނީ 55 ރުފިޔާއަށެވެ.
ބާޒާރުގައި މިވަގުތު ދެ ބާވަތެއްގެ އަނބު ލިބެން ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖޭން ބޭރުން އެތެރެކޮށްފައިވާ އަނބުކިލޯއެއް 100 ރުފިޔާ އަށް ލިބެން ހުރިއިރު، ފުވައްމުލަކު އަނބު ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށެވެ.
ރަމަޞާން މަހުގެ ފުރަތަމަ ހަފްތާ ނިމިގެންދާއިރު، ބާޒާރުގައި ތަކެތި ހުސްނުވެ ލިބެން ހުރިކަމީ އާންމު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.


