Tuesday, 28 July 2026

ކްރޫޒްލައިނާއެއް 1،274 ފަތުރުވެރިންނާއެކު ރާއްޖެއަށް

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއިން ފުރައިގެން އައި "އެމްއެސް ޒުއިޑަޑަމް" ކްރޫޒްލައިނާ މިއަދު ރާއްޖެއަށް ބަނދަރުކޮށްފިއެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި ކްރޫޒްލައިނާގައި 1،274 ފަތުރުވެރިންނާއި 751 ފަޅުވެރިން ދަތުރުކުރެއެވެ.

މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ކްރޫޒްލައިނާއަކީ މިއީއެވެ. މީގެ ކުރިން މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ސީޝެލްސްގެ ކްރޫޒްލައިނާގައި 576 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ކްރޫޒް ޓޫރިޒަމްގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 481،966 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.9 އިންސައްތައިގެ އިތުރުވުމެކެވެ. އެހެނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 459،373 ފަތުރުވެރިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *