Wednesday, 29 July 2026

ޖަޕާނުގެ މެރިން ޑައިވިން އެވޯޑްސްގެ ދެ ކެޓަގަރީއަކުން ރާއްޖެއަށް ވަނަތަކެއް!

ޖަޕާނުގެ "މެރިން ޑައިވިން އެވޯޑްސް 2023″ ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިއުލާނުކޮށްފިއެވެ.

މި އެވޯޑްސްގައި ޖަޕާނުގެ އެކި ކަންކޮޅުތަކުގެ ޑައިވަރުންގެ ވޯޓުން ރާއްޖެ ވަނީ "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" ކެޓަގަރީން ތިން ވަނަ އަދި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯ ދަ ފަސްޓް ޓައިމް" އިން 2 ވަނަ ހޯދާފަ އެވެ.

"މެރިން ޑައިވް ފެއާ" އަކީ ޖަޕާނުގެ ޑައިވިންގެ ސަގާފަތް 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބައްޓަންކޮށް، ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ޑައިވިން އިވެންޓެވެ. އޭޝިއާގެ އެންމެ ބޮޑު އެއް ސްކޫބާ ޑައިވިން އެގްޒިބިޝަންގެ ހައިސިއްޔަތުން މި މައުރަޒުގައި ރާއްޖޭގެ ނުފޫޒު ވަރަށް ބޮޑެވެ.

މި އެވޯޑްސް 32 ވަނަ އެޑިޝަނުގެ ބާއްވާފައިވަނީ "ތަޖުރިބާކާރު ޑައިވަރުންނާއި، އުއްމީދީ ފަންނާނުންނާއި، އިންޑަސްޓްރީގެ ފަންނުވެރިންނަށް ވެސް އަލިކަމެއް" ޝިއާރުގެ ދަށުންނެވެ.

ޓޯކިޔޯގެ އިކެބުކުރޯގައި ކުރިއަށްދާ "މެރިން ޑައިވިން ފެއާ 2024″ އާ ދިމާކޮށް އޭޕްރީލް މަހު ބޭއްވި "މެރިން ޑައިވިން އެވޯޑްސް 2023″ ގެ ނަތީޖާ އިފްތިތާހުކުރުމާއި ޝަރަފުވެރި އެވޯޑް ހަފްލާގައި ވަނީ ފާހަގަކޮށްލެވޭ މަންޒިލްތަކާއި އިންސްޓްރަކްޓަރުންނާއި ޑައިވިން ފެސިލިޓީތައް ތަފާތު އަށް ކެޓަގަރީއަކަށް ބަހާލާފައެވެ. އޭގެ ތެރޭގައި "ސީސް ވޯތު އެކްސްޕްލޯރިން"، "ފިއުޗާ މަސްޓް ވިޒިޓް ސީސް"، "އެކްސެޕްޝަނަލް ޕްރޮފެޝަނަލް ޑައިވާސް" އަދި "ޓޮޕް ޑައިވިން ސެންޓަރުތައް" ހިމެނެ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *