Friday, 11 September 2026

ޗައިނާގެ ޒިއާމެން އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ޗައިނާގެ ޒިއާމެން އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިއްޔެއިން ފެށިގެން އެ އެއާލައިނުން ޗައިނާގެ ފުޖިއާން ޕްރޮވިންސާ ދެމެދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ސީދާ ދަތުރުތައް ކުރަން ފަށާފައިވާ ކަމަށެވެ.

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި އެ އެއާލައިންގެ ލައިޓް އެމްއެފް8017 އަށް ބޮޑުބެރު ޕާފޯމަންސް ހިމެނޭ ވީއައިއޭގައި ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ރާއްޖޭގައި ހުންނަ ޓޫރިޒަމް އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް ހުއްޓިފައި އޮތުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދަތުރުތައް އަލުން ފެށުމާ އެކު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓުގެ މަގާމު ޗައިނާ އިން އަލުން ވަނީ ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް 40،892 ޗައިނާ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *