އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ގުޅިގެން ސްރީލަންކާ އާއި މޮރިޝަސްގައި ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ތައާރަފްކުރުމުގެ އިތުރުން މޮރިޝަސްގައި ރުޕޭ ކާޑުގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފި އެވެ.
އިއްޔެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި ހިދުމަތް އިފްތިހާހް ކުރެއްވަމުން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.
އަދި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވަނީ މޮރިޝަސްގައި ޑޮމެސްޓިކް ކާޑުގެ ގޮތުގައި ކޯ ބްރޭންޑްޑް ރުޕޭ ކާޑު ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ބޮޑުވަޒީރު މޯދީ ވަނީ އިއްޔެއަކީ ތާރީހީ ދުވަހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ޒަމާނީ ގުޅުން ޑިޖިޓަލް ކަނެކްޓްގެ ސިފައިގައި ގުޅާލުމގައި މި ތިން ރަހުމަތްތެރި ގައުމަށް ހާއްސަ ދުވަހެއް ކަމަށް ވިދާޅުވި އެވެ.
ހަމައެހެންމެ ފިންޓެކް ކަނެކްޓިވިޓީގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކާއި ކަނެކްޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަން ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.
"އިންޑިއާގެ ޔޫޕީއައި ނުވަތަ ޔުނައިޓެޑް ޕޭމަންޓްސް އިންޓަފޭސް މިއަދު މި އައީ އާ ދައުރަކަށް – ޔުނިޓިން ޕާޓްނާސް ވިތު އިންޑިއާ" ބޮޑުވަޒީރު ވޯދީ ވިދާޅުވި އެވެ.
ބޮޑުވަޒީރު ވޯދީ ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ހާޑް ކަރަންސީ ގަންނަން ޖެހޭ މިންވަރު ވެސް ކުޑަވާނެ ކަމަށާއި ޔޫޕީއައި އާއި ރުޕޭ ކާޑު ސިސްޓަމްގެ ސަބަބުން ރިއަލް ޓައިމް، ޚަރަދު ކުޑަ އަދި އަމިއްލަ ފައިސާއިން ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކްރޮސް ބޯޑާ ރެމިޓެންސް ނުވަތަ ޕާސަން ޓު ޕާސަން (ޕީޓޫޕީ) ޕޭމަންޓް ފެސިލިޓީއާ ދިމާލަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ހަމައެހެންމެ އިއްޔެ އިފްތިތާހު ކުރި ހިދުމަތުން ރަމްޒުކޮށްދެނީ ގްލޯބަލް ސައުތު ކޯޕަރޭޝަންގެ ކާމިޔާބީ ކަމަށާއި، މީގެ އަމާޒަކީ އިންޑިއާގެ ޖީ-20 ގެ ވެރިކަމުގައި ގްލޯބަލް ސައުތުގެ ކަންބޮޑުވުންތަކަށް ހާއްސަ ސަމާލުކަމެއް ދިނުން ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ. އަދި އިންޑިޔާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ފައިދާ ގްލޯބަލް ސައުތުގެ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ސޯޝަލް އިމްޕެކްޓް ފަންޑެއް އުފައްދަވާނެކަން ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ސިޔާސަތަކީ "ނެއިބަރހުޑް ފަސްޓް" ކަމަށްވެސް ބޮޑުވަޒީރު މޯދީ ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ ފާހަގަވެފައިވަނީ ފިންޓެކް އިނޮވޭޝަން އަދި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ލީޑަރެއްގެ ގޮތުގަ އެވެ. އިއްޔެ ތައާރަފްކުރި ހިދުމަތުގެ ސަބަބުން ޑިޖިޓަލް ޓްރާންސެކްޝަންގެ ތަޖުރިބާ ހަލުވިވެ، ހުއްޓުމެއް ނެތި ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފައިދާވެ، ގައުމުތަކުގެ މެދުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުވެގެންދާނެ އެވެ. މި ތައާރަފްގެ ސަބަބުން ސްރީލަންކާ އާއި މޮރިޝަސްއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންގެ އިތުރުން އިންޑިއާއަށް ދަތުރުކުރާ މޮރިޝަސްގެ ރައްޔިތުންނަށް ޔޫޕީއައި ސެޓްލްމަންޓްގެ ހިދުމަތް ލިބޭނެ އެވެ
. މޮރިޝަސްގައި ރުޕޭ ކާޑުގެ ހިދުމަތް ފުޅާކުރުމުގެ ސަބަބުން މޮރިޝަސްގެ ބޭންކުތަކަށް މޮރިޝަސްގެ ރުޕޭ މެކޭނިޒަމްގެ މައްޗަށް ބިނާކޮށް ކާޑު ދޫކުރުމުގެ ފުރުސަތު ފަހިވެ، އިންޑިއާ އާއި މޮރިޝަސްގެ އާބާދީތަކަށް ރުޕޭ ކާޑު ބޭނުން ކުރެވޭނެ މަގު ފަހިވެގެންދާނެ އެވެ.
މީގެ ސަބަބުން އަދި ހާޑް ކަރަންސީ ގަންނަން ޖެހޭ މިންވަރު ވެސް ކުޑަވެ، ޔޫޕީއައި އާއި ރުޕޭ ކާޑު ސިސްޓަމްގެ ސަބަބުން ރިއަލް ޓައިމް، ހަރަދު ކުޑަ އަދި އަމިއްލަ ފައިސާއިން ފަސޭހައިން ފައިސާ ދެއްކޭނެ އެވެ.
ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ސަބަބުން އިންޑިޔާއަށް އިންޤިލާބީ ބަދަލެއް އައިސްފައިވާއިރު، އެންމެ ދުރުރަށްރަށުގެ އެންމެ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ވެސް ޔޫޕީއައި މެދުވެރިކޮށް މުޢާމަލާތްކޮށް، ޑިޖިޓަލް ޕޭމަންޓްތައް ދައްކަމުންދެ އެވެ.
2023 ވަނަ އަހަރު ޔޫޕީއައި މެދުވެރިކޮށް 100 ބިލިއަނަށް ވުރެ ގިނަ މުއާމަލާތްތައް، އެއީ 24 ބިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިވެ އެވެ. މީގެ އިތުރުން ބޭންކް އެކައުންޓްތަކާއި، ޑިޖިޓަލް އައިޑީ އަދި މޯބައިލް ފޯނުން 400 ބިލިއަން ޑޮލަރު ބޭންކް އެކައުންޓްތަކަށް ޖަމާކުރެވޭ ނެ އިންތިޒާމް ވެސް ޑީޕީއައި އިން ވަނީ ފަހިކޮށްދީފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ވެސް ރުޕޭ ކާޑު ބޭނުންކޮށް ހިންގުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.


