Tuesday, 28 July 2026

"ހިޔަލަ ވީކެންޑް މާރުކޭޓް" ފަށައިފި

ސަރުކާރުން އެކަށައަޅާފައިވާ "ހަފްތާ 14 މަގުޗާޓު"ގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ "ހިޔަލަ ވީކެންޑް މާކެޓް" ފަށައިފި އެވެ.

މި މާކެޓް ރަސްމީކޮށް ފައްޓަވައި ދެއްވާނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ.

މިއީ ދިވެހި ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކޮށްފައިވާ މާކެޓެކެވެ.

"ހިޔަލަ ވީކެންޑް މަރކެޓް" އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މާކެޓެކެވެ. އަދި މާކެޓް އޮންނާނީ ކޮންމެ ކޮންމެ ހަފްތާ ބަންދެއްގައި ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި މާކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *