ދިރާގުން ބުނި ގޮތުގައި ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް މިފޯނުތަކަށް ޕްރީ އޯޑަރު ދެވޭނެއެވެ. އަދި ޕްރީ އޯޑަރ ކުރާ ފަރާތްތަކަށް ކޮންމެ ފޯނަކާއެކު ހިލޭ ގެލެކްސީ ވޮޗް 6 ކްލަސިކްއެއް ލިބޭނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރކުރާ ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާގެ ގޮތުގައި މަހަކަށް 10 ޖީބީ ހަމަސް ވަންދެން ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ފަސޭހަކަމާއެކު އެކި ބޭނުންތަކުގައި ސްމާޓްފޯނާއި ޓެބްލެޓް މޯޑަށް ބަދަލުކޮށްލެވޭ ގެލެކްސީ ޒެޑް ފޯލްޑް 5 5ޖީ ޕްރީ އޯޑަރ ކުރުމުގެ އަގަކީ 34،899 ދިވެހިރުފިޔާއެވެ. އަދި ގެލެކްސީ ޒެޑް ފްލިޕް 5 5ޖީ ޕްރީ އޯޑަރ ކުރުމުގެ އަގަކީ 21،599 ދިވެހި ރުފިޔާއެވެ. މިދެ ފޯނަކީވެސް ބޭރު ދުނިޔޭގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފޯންތަކެކެވެ.
މިހާރު މިފޯންތަކަށް ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ޕްރީއޯޑަރ ކުރެވޭނެއެވެ. އަދި މިފޯންތަކާއި ގުޅުންހުރި ސްޕެފިކޭޝަންސާއި އިތުރު މައުލޫމާތުތައްވެސް ވެބްސައިޓްއިން ލިބޭނެއެވެ.


