Tuesday, 28 July 2026
ފޮޓޯ: ދަ ޓެލެގްރާފް

އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ތިން ހަމަލާއެއް ދީފައިވާ ކަމަށް ހިޒްބުالله އިން ބުނެފި

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ލުބުނާނުގެ ދެކުނުގައި ހުރި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ތިން ހަމަލާއެއް ދީފައިވާ ކަމަށް ހިޒްބުالله އިން ބުނެފިއެވެ.

ޓެލެގްރާމް މެދުވެރިކޮށް އެ ޖަމާއަތުން ނެރުނު ބަޔާންތަކެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ގަޑިން 11:00 ހާއިރު ލިޓާނީ ކޯރު ކައިރީގައިވާ ވާދީ އަލް-ހުޖައިރުގެ ބޭރު ސަރަހައްދުގައި ތިބި އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ބޯޑަރު ކައިރީގައި އޮންނަ ހައްދާތާ އަވަށުގެ ބޭރުގައި ހުރި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކާއި ސިފައިންނަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އަދި ހުކުރު ދުވަހުގެ ފަތިހު ދެ ފަހަރެއްގެ މަތިން އާޓިލަރީ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.

ހިޒްބުالله އިން މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ވައިގެ މަގުންނާއި ބަޑީގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *