Tuesday, 28 July 2026

ޣައްޒާގައި ޝަހީދުވި 58،380 މީހުންގެ ތަފްސީލީ ލިސްޓެއް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފި

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ޝަހީދުވެފައިވާ ހުރިހާ ފަލަސްތީނު ރައްޔިތުންގެ ތަފްސީލީ ލިސްޓެއް ފަލަސްތީނުގެ ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޓެލެގްރާމްގައި ޝާއިޢުކޮށްފައިވާ 2،086 ސަފުހާގެ މި ލިސްޓުގައި ހިމެނެނީ ޝަހީދުވެފައިވާ މީހުންގެ ނަމާއި، އުމުރާއި، ޖިންސް އަދި އައިޑީ ނަންބަރެވެ. މި ލިސްޓުގައި ޖުމްލަ 58،380 މީހުންގެ މަޢުލޫމާތު ހިމެނެއެވެ.

މި ލިސްޓުގައި އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ އަހަރު ނުފުރޭ 953 ކުޑަކުދިން ޝަހީދުވެފައިވާކަމެވެ. އޭގެ ތެރެއިން ފުރަތަމަ 9 ކުދިންނަކީ އެ ކުދިން އުފަންވި ދުވަހު ޝަހީދުވެފައިވާ ކުދިންނެވެ.

މި ލިސްޓު ހާމަކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެއްލުންތަކުގެ ތަފްސީލީ ރެކޯޑެއް ބެލެހެއްޓުމާއި، މި އިންސާނީ ހާދިސާގެ ބޮޑުކަން ދުނިޔެއަށް ހާމަކުރުމެވެ.

މި ލިސްޓުގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ އާންމު ރައްޔިތުންނެވެ. ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނެވެ. މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށް ގިނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *