Tuesday, 28 July 2026

މެދުއިރުމަތީ ހަނގުރާމަ: ފަހު ވަގުތު އީރާނުން ދިން ހަމަލާތަކެއްގައި ޔަހޫދީންގެ 11 މީހުން މަރައިލައިފި

އީރާނާއި ޔަހޫދީންނާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، އީރާނުން ޒަޔަނިސްޓު އިސްރާއީލުގެ ދެކުނުގައި އޮންނަ ބިއުރު އަލް-ސަބަޢަށް ދިން ހަމަލާތަކެއްގައި 11 މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ބިއުރު އަލް-ސަބަޢަށެވެ. މި ހަމަލާތަކާ ގުޅިގެން އީރާންގެ ވައިގެ ސަރަޙައްދު ވަނީ ބަންދުކޮށް، އާންމު ފަސިންޖަރުންނާއި އެމަރޖެންސީ އުދުހުންތައް ވެސް މެދުކަނޑާލާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖޫން 13 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުން ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާ ކަމަށް އިޢުލާނުކުރައްވާފައެވެ.

"އީރާނާއި އިސްރާއީލުން އަޅުގަނޑަށް ގާތަށް އައީ އެއް ވަގުތެއްގައި. ސުލްޙަ! އެ ކަމަށް އޮތް ވަގުތީ މިއީ ކަން އަޅުގަނޑަށް އެނގުނު،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވެސް ވަނީ ހަމަލާތައް މެދުކަނޑާލާފައިވާ ކަން ކަށަވަރުކޮށްދެއްވައި، އީރާން ގަޑިން މެންދަމުން އަލިވެ 4 ޖެހިއިރު ހަމަލާތައް ހުއްޓާލާފައިވާ ކަމަށާއި، އިތުރު ހަމަލާތަކެއް ދިނުމުގެ ނިޔަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އޭގެ ފަހުން ވެސް އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް ހަމަލާ ދީފައިވާ ކަމަށް ޔަހޫދީ ފައުޖުން ތުހުމަތުކުރެއެވެ.

މި ހަމަލާތަކުގެ ކުރިން، ޖޫން 22 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުން، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. ޓްރަމްޕް ވަނީ މި އެއްބަސްވުމަށް އިޙްތިރާމްކުރުމަށް ދެ ފަރާތަށް ވެސް ގޮވާލައްވައި، ޙަޤީޤީ ކާމިޔާބީ ލިބުނީ މުޅި ދުނިޔެއަށާއި، މެދުއިރުމައްޗަށް ކަމަށާއި، އެ ދެ ޤައުމަށް ކުރިމަގުގައި ލޯތްބާއި، ސުލްޙައާއި ފާގަތިކަން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *