Tuesday, 28 July 2026

އިސްރާއިލާއި ގުޅިގެން އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފި

އީރާނުގެ ފޯޑޯ، ނަޓަންޒް އަދި އިސްފަހާން ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާގެ ސިފައިން ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އީރާނުން ބަދަލު ހިފުމުގެ އެއްވެސް ހަރަކާތެއް ހިންގުމަށް އިންޒާރުދެމުން ޓްރަމްޕް ވަނީ އަދިވެސް ގިނަ ޓާގެޓްތައް އެބަހުރި ކަމަށްވެސް ބުނެފައެވެ. އީރާނުގެ ފަރާތުން މި ތިން ސައިޓަށް ހަމަލާ ދީފައިވާކަން ކަށަވަރުކޮށްފައިވީ ނަމަވެސް، ޕާލަމެންޓުގެ ސްޕީކަރުގެ އިސް އެހީތެރިއެއް ކަމުގައިވާ މަހްދީ މުހައްމަދީ ވިދާޅުވެފައިވަނީ ފޯޑޯ ސައިޓަކީ ކުރިން އެތަން ހުސްކޮށްފައިވާ އަދި އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިފައިނުވާ ތަނެއް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޓްރަމްޕްގެ ނިންމުމަށް ތައުރީފުކޮށްފައެވެ.

ޖޫން 13 ގައި އިސްރާއީލުން ހަމަލާ ދޭން ފެށީއްސުރެ 400 އަށްވުރެ ގިނަ މީހުން މަރުވެ، މަދުވެގެން 3,056 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *