Tuesday, 28 July 2026

އީރާނުން މިއަދުވެސް އިސްރާއިލަށް ގިނަ ހަމަލާތަކެއް ދީފި

އިސްރާއިލާއި އީރާނުގެ ހަނގުރާމަ އިތުރަށް ގަދަވެއްޖެއެވެ. މިއަދު ހެނދުނު އީރާނުން ވަނީ އިސްރއލުގެ މައި ސިޓީތަކަށް ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި މަދުވެގެން 8 އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ އިސްރާއިލުގެ "އަޔަން ޑޯމް" ދިފާއީ ނިޒާމް ފަހަނައަޅާ ދެވޭ ފަދަ އެޑްވާންސްޑް މިސައިލް ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން "ހާޖް ޤާސިމް" ގެ ނަމުގައި ތައާރަފުކުރި އައު މިސައިލަކީ އިސްރާއިލާއި އެމެރިކާގެ ދިފާއީ ނިޒާމްތަކުން ސަލާމަތްވެވޭ ފަދަ މިސައިލެއް ކަމަށް އީރާނުން ބުނެފައިވެއެވެ.

އިސްރާއިލުން ވަނީ މި ހަމަލާތަކަށް ވަގުތުން ޖަވާބުދީ، އީރާނުގެ ޤުދުސް ފޯސްގެ މައި މަރުކަޒަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 220 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރޭގައި އީރާނުގެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ތަޖުރިބާކާރުން ހިމެނެއެވެ.

މި ހަނގުރާމަވެރި ހާލަތާ ގުޅިގެން ދުނިޔޭގެ ލީޑަރުން ވަނީ ދެ ގައުމަށް އިލްތިމާސްކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުގެ ސުޕްރީމް ލީޑަރ އަވަހާރަކޮށްލުމަށް އިސްރޭލުން ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތްކުރަން ނިންމަވާފައެވެ.

މި ހާލަތާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނާއި ޖީ7 ގައުމުތަކުން ވަނީ ކުއްލި ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައެވެ. އަދި ތެލުގެ އަގުތައް މައްޗަށް ދިއުމާއެކު، ހަނގުރާމައިގެ ސަރަހައްދުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ވެސް ފެށިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *