ދުނިޔޭގެ ސުލްހައަށް ގޮވާލާ އިއުލާން ކުރެވުނުތާ 12 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެކުނު ކޮރެއާގެ އިންޓަނޭޝަނަލް ޕީސް އެންޖީއޯ، ހެވެންލީ ކަލްޗަރ، ވޯލްޑް ޕީސް، ރެސްޓޮރޭޝަން އޮފް ލައިޓް (އެޗްޑަބްލިއުޕީއެލް) އިން ދުނިޔޭގެ 61 ގައުމެއްގެ 94 ސަރަހައްދެއްގައި ހަފްލާތަކެއް ބާއްވައިފިއެވެ.
މި ހަފްލާތައް ބޭއްވުނީ 86 ސަރަހައްދެއްގައި އާންމުކޮށް އަދި 8 ސަރަހައްދެއްގައި އޮންލައިންކޮށެވެ. މި ހަފްލާތަކުގައި 1،600 އަށްވުރެ ގިނަ އާންމު ޝަހްސިއްޔަތުންނާއި 10،000 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ދުނިޔޭގެ ސުލްހައަށް ގޮވާލާ އިއުލާނަކީ 2013 ވަނަ އަހަރުގެ މެއި 25 ވަނަ ދުވަހު، ސޯލްގެ އޮލިމްޕިކް ޕާކްގެ ޕީސް ގޭޓް ކުރިމަތީގައި، ޗެއަރމަން މޭން ހީ ލީ އިއުލާން ކުރެއްވި އިއުލާނެކެވެ. މި އިއުލާނުގައި 30،000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. މި އިއުލާނަކީ ހަނގުރާމަ ހުއްޓުވުމަށާއި، ދުނިޔޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު ސުލްހަ ގާއިމްކުރުމަށް ގޮވާލާ ކުރެވުނު އިއުލާނެކެވެ.

މި އަހަރުގެ ހަފްލާތައް ބޭއްވުނީ މެއި 23 އަދި 24 ވަނަ ދުވަހު އޮންލައިންކޮށެވެ. މީގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، އަފްގާނިސްތާން، ދިވެހިރާއްޖެ، ކެނެޑާ، ސައޮ ޓޯމޭ އެންޑް ޕްރިންސިޕޭ، އަދި އީރާން ހިމެނޭ ގޮތަށް 94 ބައިވެރިން ބައިވެރިވިއެވެ.
ހަފްލާގައި "އީކޯ ޓެން މިނިޓްސް ޕްރޮޖެކްޓް" ގެ މަޤްސަދާއި ތަސައްވުރު ވެސް ހިއްސާކުރެވުނެވެ. މި ޕްރޮޖެކްޓްގެ މެސެޖަކީ "10 މިނިޓްގެ ޢަމަލަކުން އަޅުގަނޑުމެންގެ ވެށި ސާފުކޮށް، މާ ރީތި އަދި ސުލްހަވެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެވިދާނެ" ކަމެވެ.
އީޓެކްނޮކްރެޓްސްގެ ޑިރެކްޓަރ އަދި ފައުންޑަރ ޑރ. އަވަދުތު އެމް ވިދާޅުވި ގޮތުގައި "ސުލްހައަކީ ހަމައެކަނި ހަނގުރާމައިގެ އަޑުތައް ހިމޭންވުމެއް ނޫނެވެ. އެއީ އެއްބައިވަންތަކަމުގެ ތެރެއިން އަންނަ އެއްބަސްވުމެކެވެ. އެއީ ހިތްތައް ގުޅުވައިދޭ ފާލަމެކެވެ. އެއީ ހެޔޮކަމުގެ ތެރެއިން ދައްކާ ވާހަކައެކެވެ. އަދި އެއީ ތަފާތުތަކުގެ ތެރެއިން ފެތުރޭ އައްޔެކެވެ."


