Tuesday, 28 July 2026

ސްޕޭސްއެކްސްގެ ޑްރެގަން ކެޕްސިއުލްގައި ދަތުރުކުރި އެސްޓްރޯނޯޓުން ރައްކާތެރިކަމާއެކު ބިމަށް ފައިބައިފި

ނާސާގެ އެސްޓްރޯނޯޓުން ކަމުގައިވާ ބަޗް ވިލްމޯރް އަދި ސުނީ ވިލިއަމްސް އެމެރިކާގެ ފްލޮރިޑާ އައްސޭރިފަށުގައި ސްޕޭސްއެކްސްގެ ކެޕްސިއުލްއިން ރައްކާތެރިކަމާއެކު ބިމަށް ފައިބައިފިއެވެ. މި އެސްޓްރޯނޯޓުން އނބުރާ ފައިބައިފައި މިވަނީ ބޮއިންގ ސްޓާލައިނާ ކެޕްސިއުލްގައި ދިމާވި މައްސަލަތަކާ ގުޅިގެން 9 މަސްދުވަހު މަޑުކުރުމަށް ފަހުގައެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ރޭ ދަންވަރު 1:05 ގައި ފުރި ކެޕްސިއުލް، 17 ގަޑިއިރުގެ ދަތުރަކަށްފަހު ހަވީރު 5:57 ގައި ފްލޮރިޑާގެ ގަލްފް ސަރަހައްދުގެ 50 މޭލު ދުރުގައި ކަނޑަށް ފައިބާފައިވެއެވެ. މި ދަތުރުގައި ޖުމްލަ 4 އެސްޓްރޯނޯޓުން ބައިވެރިވިއެވެ.

ކްރޫ-9 މިޝަންގެ ކޮމާންޑަރު، ނާސާގެ އެސްޓްރޯނޯޓް ނިކް ހޭގް ވިދާޅުވި ގޮތުގައި މިއީ ވަރަށް ފޮނި ދަތުރެއް ކަމަށާއި، ކެޕްސިއުލްގައި ތިބި އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރި ހިނިތުންވުމެވެ..

މި ދަތުރުގައި ކެޕްސިއުލް ބިމުގެ ޖައްވަށް ވަނުމުގައި ގަޑިއަކު 17,000 މޭލުގެ ސްޕީޑުން ދަތުރުކުރި ނަމަވެސް، ހީޓްޝީލްޑް އަދި ދެ ސެޓް ޕެރަޝޫޓް ބޭނުންކޮށްގެން ސްޕީޑް މަޑުކޮށް، ގަޑިއަކު 17 މޭލުގެ ސްޕީޑެއްގައި ކަނޑަށް ފައިބާފައިވެއެވެ.

އެސްޓްރޯނޯޓުން މިހާރު ވަނީ ނާސާގެ ޖޮންސަން ސްޕޭސް ސެންޓަރަށް ގެންދެވިފައެވެ. އެތަނުގައި އެސްޓްރޯނޯޓުންގެ ސިއްހީ ހާލަތު ބެލުމަށްފަހު، އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ދޫކޮށްލެވޭނެ ކަމަށް ނާސާއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *