Tuesday, 28 July 2026

ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން 5 ރުފިޔާއަށް ކާއްޓެއް ވިއްކަނީ!

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ކާށި ބާޒާރަށް ނެރެން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އޯޑަރުކުރި ފުރަތަމަ ބެޗުގެ ކާށި މިހާރު ގެނައީ އިންޑިއާ އިން ކަމަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން މާދަމާ އިން ފެށިގެން ކާށި ވިއްކާނެ ކަމަށާއި ކާއްޓެއް ވިއްކާނީ ފަސް ރުފިޔާއަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެން ގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ،" އެސްޓީއޯ އިން ބުންޏެވެ.

މާރުކޭޓުގައި މިހާރު ކާށީގެ އަގު ހުރީ 10 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު، އެސްޓީއޯ އިން އަމާޒު ހިފާފައިވަނީ ރާއްޖޭން ބޭރުން ކާށި ގެނެސް، އަގުހެޔޮކޮށް ވިއްކުމަށެވެ.

އެސްޓީއޯ އިން ބުނީ ރޯދައަށް ހާއްސަކޮށްގެން ގެނައި ލުނބޯ ޝިޕްމަންޓްވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ވިއްކާނެ ކަމަށެވެ.

އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން، ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އެއީ:

އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *