އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އޮކިއުޕައިޑް ވެސްޓް ބޭންކްގެ ތުބާސްގެ ދެކުނު އިރުމަތީގައި އޮންނަ ތަންމޫން ރަށަށެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ތުބާސް ސަރުކާރު ހޮސްޕިޓަލަށް 10 މަރުވެފައިވާ މީހުންނާއި އަދި އެތައް ޒަޚަމްވެފައިވާ މީހުން ގެނެވިފައިވެއެވެ.
މި ހަމަލާއަކީ އުތުރު ވެސްޓް ބޭންކްގައި އިސްރާއީލުން ދެމުންދާ ފުޅާ ދާއިރާގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މި ހަމަލާތަކުގެ މައިގަނޑު އަމާޒަކަށްވެފައިވަނީ ޖެނިންއާއި ތުލްކަރަމް ސިޓީތަކާއި އެ ސަރަހައްދުތަކުގައިވާ ރެފިއުޖީ ކޭމްޕްތަކެވެ.
މި ހަމަލާ ދީފައިމިވަނީ ދާދިފަހުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއިލުން އެއްބަސްވުމަށްފަހުގައެވެ.


