Tuesday, 28 July 2026

އިސްރާއީލުން ކޮންމެ ދުވަހަކު 35 ފަލަސްތީނު ކުދިން މަރާލާފައިވޭ – އދ.

އިސްރާއީލުން ގައްޒާ ސްޓްރިޕްގައި ކޮންމެ ދުވަހަކު 35 ފަލަސްތީނު ކުދިން މަރާލާކަމދިން މަރާލާފައިވާކަމަށް އދ. އިން ހުކުރު ދުވަހު ބުނެފިއެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 15,000 އަށްވުރެ ގިނަ އަންހެން އަދި ފިރިހެން ކުދިން މަރުވެފައިވާކަމަށް ދައްކާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެއީ ދުވާލަކަށް 35 ކުޑަކުދިން ކަމަށާއި، 14 މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު 35 ކުދިން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާކަމަށެވެ. އަދި ލޭންސެޓް ޕިއަރ ރިވިއު ރިޕޯޓުން ދައްކަނީ މިއަށްވުރެވެސް ގިނަ ކުދިންކަމަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި އަސަރުތަކާމެދު އދ. އިން ވަނީ އިންޒާރުދީފައެވެ. މިކަމާ ގުޅިގެން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ. އިން ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *