Tuesday, 28 July 2026

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވެއްޖެއެވެ.

އިންޑިޔާގެ ދެ ދައުރެއްގެ ބޮޑުވަޒީރުކަން ކުރެއްވި ޑރ. މަންމޯހަން ސިންގް، އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގެ ފަރުވާ ދެމުން ގެންދަނިކޮށެވެ. މަންމޯހަން ސިންގް، އަވަހާރަވިއިރު އުމުރަކީ 92 އަހަރެވެ.
ކޮންގްރެސްގެ އިސް ލީޑަރުގެ ސިއްހީ ހާލުކޮޅު ގޯސްވެ އެއިމްސް ދިއްލީގައި އެޑްމިޓްކުރީ ރޭ 8:00 ހާއިރެވެ.
މަންމޯހަން ސިންގް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 އަށެވެ. އޭނާގެ ވެރިކަމުގެ ދައުރުގައި އިންޑިޔާގެ ޖީޑީޕީއަށް 8.5 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ގެނެސްދެއްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ލީޑަރު މަންމޯހަން ސިންގް އަވަހާރަވުމާއި ގުޅިގެން އިންޑިއާއިން ހިތާމަ ކުރާ ކަމަށެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *