Tuesday, 28 July 2026

ޣައްޒާގެ ދެކުނުގައި އިސްރާއީލުން ޓެންޓަކަށް ދިން ހަމަލާއެއްގައި އާންމު ރައްޔިތަކު ޝަހީދުވެއްޖެ

ޣައްޒާގެ ދެކުނުގައި ހުރި ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަޙައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ޓެންޓަކަށް އިސްރާއީލުގެ ސިފައިން އިއްޔެ ރޭ ހަމަލާދިނުމުގެ ސަބަބުން އާންމު ރައްޔިތަކު ޝަހީދުވެ، އިތުރު އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

މި ހަމަލާ ދިން ވަގުތު، ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގެ ހާލަތު ވަނީ ނުހަނު ގޯސްވެފައެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވާ މީހުން ވަޅުލުމަށް ދަތިވެފައިވާތީ، އިއްޔެއިން ފެށިގެން ހޮސްޕިޓަލުގެ ކޮރިޑޯތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަނީ ގިނަވެފައެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުން މި ހޮސްޕިޓަލުގައި އެތައް ބައިވަރު ބަލިމީހުންނާއި މެޑިކަލްާއި މެޑިކަލް މުވައްޒަފުން ތިބި ކަމަށާއި، ކާނާއާއި، ފެނާއި، ކަރަންޓުގެ ބޮޑު ދަތިކަމެއް ދިމާވެފައިވެއެވެ. މީގެ ސަބަބުން އެ މީހުންނަށް އަސާސީ ޚިދުމަތްތައް ލިބުމުގައި ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

އިސްރާއީލުގެ ސިފައިން ވަނީ މި ހޮސްޕިޓަލަށް ބޮންތަކާއި، ބަޑިތަކާއި، ސްނައިޕަރ ފަޔަރިންގ އިން ހަމަލާދީފައެވެ. ޚާއްޞަކޮށް އަންހެނުންގެ ވޯޑާއި، މައިންނާއި އަލަށް އުފަންވާ ކުދިން ތިބޭ ވޯޑުތަކަށް ހަމަލާދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތާ ތިބި މެޑިކަލް ޓީމުތަކާ މުވާސަލާތު ކުރުމަށް ވަނީ ދަތިވެފައެވެ.

މީގެ އިތުރުން، އިްޔެ ހެނދުނު ކަމާލް އަދްވާން ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަޙައްދަށް އިސްރާއީލުގެ ސިފައިން ހަމަލާދިނުމުގެ ސަބަބުން 3 އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *