Tuesday, 28 July 2026

ނާބުލުސްގައި އިޒްރޭލު ސިފައިން ފަލަސްތީނު ޒުވާނަކު މަރާލައިފި

ނާބުލުސްގެ އިރުމަތީ ސަރަހައްދުގައި އިޒްރޭލު ސިފައިން ފަލަސްތީނު ޒުވާނަކު މަރާލައިފިކަމަށް މަސްދަރުތަކުން މަޢުލޫމާތު ދީފިއެވެ. މަރުވި ޒުވާނާއަކީ 18 އަހަރުގެ ނޫރު އަހްމަދު މުސްތަފާ އަރަފާތް ކަމަށް ފަލަސްތީނު ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

ނާބުލުސްގެ އިރުމަތީ ސަރަހައްދުގައި އިޒްރޭލު ސިފައިންނާއެކު ހިނގި ހަމަނުޖެހުންތަކުގައި އަރަފާތްގެ މޭމަތި، ކޮނޑު އަދި ބަނޑަށް ބަޑި ޖަހާފައިވާކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ރެޑް ކްރެސެންޓުގެ މަސްދަރުތަކުން ބުނެފައިވަނީ އިޒްރޭލު ސިފައިންނާއެކު ހިނގި ހަމަނުޖެހުންތަކުގައި ބަޑިޖަހާފައިވާ 18 އަހަރުގެ ޒުވާނަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ސަރަހައްދުގެ މަސްދަރުތަކުން ބުނެފައިވަނީ އިޒްރޭލު ސިފައިން ނާބުލުސްގެ އިރުމަތީގައިވާ އަލް-މަސާކެން ޕޮޕިއުލަރ ސަރަހައްދަށް ވަދެ ބަޑިން ހަމަލާދިން ކަމަށެވެ. މި ހަމަލާގައި އަރަފާތް މަރުވެފައިވާ ކަމަށް އެ މަސްދަރުތަކުން ބުނެފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *