Tuesday, 28 July 2026
ފޮޓޯ: އަލް ޖަޒީރާ

ލާހޯރުގައި ވައިގެ ތަޣައްޔަރުކަން އިންތިހާއަށް އިތުރުވުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފި

ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ލާހޯރުގައި ވައިގެ ތަޣައްޔަރުކަން ރެކޯޑު އަދަދަކަށް މަތިވުމާ ގުޅިގެން، އެ ސިޓީގެ ޕްރައިމަރީ ސްކޫލްތައް ހަފްތާއަކަށް ބަންދުކޮށްފިއެވެ. މީގެ އިތުރުން، މުވައްޒަފުންގެ 50 އިންސައްތަ މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ޕަންޖާބު ޕްރޮވިންސްގެ މިނިސްޓަރެއް ކަމުގައިވާ މަރިޔަމް އައުރަންގްޒޭބް ވިދާޅުވި ގޮތުގައި، ސްކޫލްތައް ބަންދުކުރުމުގެ އިތުރުން ކުދިންނަށް މާސްކު އެޅުވުމަށް މައިންބަފައިންނަށް އިރުޝާދު ދީފައިވެއެވެ. އަދި ރައްޔިތުންނަށް ވަނީ ގޭގައި ތިބުމަށާއި، ދޮރާއި ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށާއި، ކޮންމެހެން ނޫން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ހާލަތާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައިވެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކަށް ދުމުގެ މިންވަރު ބަލާ އާލާތްތައް ދިނުމާއި، ވަކި ސަރަޙައްދުތަކެއްގައި އިމާރާތްކުރުމުގެ މަސައްކަތް މަނާކުރުން ހިމެނެއެވެ. އަދި ފިލްޓަރު ނުލައި ކާބޯތަކެތި ބާބަކިއު ކުރުން މަނާކޮށް، މޯޓަރައިޒްޑް ރިކްޝާތަކަށް ހަނިކުރުންތަކެއް ގެނެސްފައިވެއެވެ. އަދި ހަފްލާތައްވެސް ރޭގަނޑު 10 ޖަހާއިރު ނިންމަން ޖެހޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.

ލާހޯރުގެ ވައިގެ ތަޣައްޔަރުކަން މި ވަގުތު ދުނިޔޭގެ އެންމެ މަތީ މިންވަރުގައި ހުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ކަމާ ގުޅިގެން ސަރުކާރުން ވަނީ ވައި ތަޣައްޔަރުވުމާއި ގުޅިގެން ވާރޭ ވެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *