Tuesday, 28 July 2026

އިސްރާއީލީ ބާރުތަކުން އުތުރު ޣައްޒާގެ ސްކޫލްތަކަށް ވަދެ، މީހުނަށް ބަޑިން ބިރު ދައްކައިފި

އުތުރު ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ބޭރުކުރުމުގެ މަސައްކަތް އިސްރާއީލީ ސިފައިން އިތުރަށް ފުޅާކޮށްފިއެވެ. މިގޮތުން އެ ސަރަޙައްދުގެ ސްކޫލްތަކަށް ސިސްޓަމެޓިކްކޮށް ވަދެ، އެތަންތަނުގައި ހިމާޔަތަށް އެދިފައިވާ މީހުން ބަޑި ދައްކައިގެން ބޭރަށް ނެރެފައެވެ.

އަދި އިސްރާއީލީ ބާރުތަކުން ފިރިހެނުން އެމީހުންގެ އާއިލާތަކާ ވަކިކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ދެކުނަށް ފިލުމަށް ވަނީ އަންގާފައެވެ.

ހޯމަ ދުވަހުގެ ފަތިހުން ފެށިގެން، އުތުރު ޣައްޒާގައި އިސްރާއީލީ ބާރުތަކުން 44 ފަލަސްތީނު ރައްޔިތުން ވަނީ މަރާލާފައެވެ. މި ސަރަޙައްދަށް ދެ ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ބްލޮކޭޑް އަޅައި، ބޮޑު ހަނގުރާމައެއް ހިންގައި، އެހީއާއި ކާބޯތަކެތި ފޯރުކޮށްދިނުން ހުއްޓުވާލާފައިވެއެވެ.

ފަލަސްތީނުގެ ނޫސް އޭޖެންސީ ވަފާގެ ރިޕޯޓުގައިވާ ގޮތުން، އަލް-ފައުޤާ ސަރަޙައްދުގެ ޖަބާލިޔާ ޕްރިޕަރޭޓަރީ ސްކޫލަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވެ، 30 މީހުން ޒަޚަމްވެފައިވެއެވެ. މި ސްކޫލަކީ ހިޖުރަކުރި މީހުންނަށް އަންރުވާގެ ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.

މީގެ އިތުރުން، ހިޖުރަކުރި މީހުން ހިމާޔަތް ހޯދަމުންދިޔަ ކޭމްޕުގެ އަންރުވާއާ ގުޅިފައިވާ ކްރެއިޒްމް ސްކޫލަށް އިސްރާއީލުން ދިން ހަމަލާއެއްގައި އިތުރު 7 ފަލަސްތީނުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

ވަފާއިން ބުނެފައިވާ ގޮތުގައި، ކްރެއިޒްމް ސްކޫލުގައި ތިބި މީހުން އިސްރާއީލުގެ އަމުރަށް ފިލަން ތައްޔާރުވަމުންދަނިކޮށް އާޓިލަރީ ޝެލިންގ އިން އަމާާޒުކުރެވުނެވެ.

މީގެއިތުރުން ޖަބާލިޔާ ރަށުގައި ބޯފެން ނެގުމަށް މަސައްކަތްކުރަމުންދިޔަ މީހުންގެ ތެރެއިން ކުޑަކުދިން ހިމެނޭ ގޮތަށް 6 މީހުން އިސްރާއީލީ ބާރުތަކުން މަރާލައި، އިތުރު ބަޔަކު ޒަޚަމްކޮށްފައިވެއެވެ. އަދި އަލް-ޔަމަން އަލް-ސަޢީދު ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއްގައި 4 މީހުން މަރުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *