Tuesday, 28 July 2026
އެމްއެމްއޭ-

ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން އެމްއެމްއޭގެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި

ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާބެހޭ އާ ގަވާއިދުގެ ދަށުން އެ ވިޔަފާރިތައް އެމްއެމްއޭގައި ރެޖިސްޓްރީ ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށް އަމަލުކުރަން ފެށި "މަނީ ޗޭންޖިންގެ އާ ވިޔަފާރިއާ ބެހޭ ގަވައިދު"ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ރާއްޖޭގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރަން ވާނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ ވިޔަފާރިކުރުމަށް ދޫކުރާ ޓިއާ 1 މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ލިިބިގެން ކަމަށެވެ.

ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދު ގެޒެޓުކޮށް، އެއަށް އަމަލުކުރަން ފެށީ އިއްޔެއިން ފެށިގެންނެވެ.

އެމްއެމްއޭއިން ރޭ ނެރުނު ނޫސް ބަޔާނުަގައި ބުނީ ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުނ،ް މި މަސް ނިމުމުގެ ކުރިން އެ އޮތޯރިޓީން ރިޕޯޓިން ރިކުއަމެންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް އެ އޮތޯރިޓީގައި ރަޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭއިން ބުނީ، މި ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *