Wednesday, 29 July 2026

ޣައްޒާގައި އިސްރާއިލުގެ ހަމަލާތައް ހަރުކަށިވަމުންދާއިރު، އެތައް ބަޔަކު ފުރާނަ ސަލާމަތްކުރަން ދެކުނަށް  

އިސްރާއިލު ސިފައިން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަވެރި އަމަލުތައް އިތުރުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ދެކުނަށް ފިލަންދިއުމަށް އިންޒާރުދޭން ފަށައިފިއެވެ.

އިސްރާއިލު ސިފައިންގެ ބުނުމުން، މިހާތަނަށް 250،000 އަށްވުރެ ގިނަ މީހުން ވަނީ ސިޓީން ފިލާފައެވެ. އަދި އަދިވެސް އެ ސަރަހައްދުގައި ތިބި މީހުންނަށް އަލް-ރަޝީދު މަގުން އަލް-މަވާސީ އަދި މެދު ޣައްޒާގެ ކޭމްޕްތަކަށް ދިއުމަށް އިސްރާއިލު ސިފައިން ގޮވާލަމުންދެއެވެ.

ނަމަވެސް، އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހުމޫދު ވިދާޅުވި ގޮތުގައި، ޣައްޒާ ސިޓީގައި ގަދަ ބޮންއެޅުން ހިންގަމުންދިޔަ ނަމަވެސް، ގިނަ ރައްޔިތުން ވަނީ އެތާ ދެމިތިބެފައެވެ. އަދި ބައެއް މީހުން ރައްކާތެރިކަން ހޯދަން ދިޔަ ތަންތަނުން އަނބުރާ އައިސްފައިވެއެވެ.

އދ. އިން އޯގަސްޓް މަހުގެ ފަހުކޮޅު އަންދާޒާކުރި ގޮތުގައި، ގާތްގަނޑަކަށް އެއް މިލިއަން ފަލަސްތީނު ރައްޔިތުން ދިރިއުޅެމުން އައީ ޣައްޒާގައެވެ. މިހާރު މި ސަރަހައްދުގައި ބަނޑަހައިހޫނުކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވެސް އދ. އިން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *